ދިވެހިރާއްޖެ
ތާރީޚް: 14 ޖުލައި 2021
ނަންބަރު: 486/1/2021/1014(IUL)
އިޢުލާނު މި އޮފީހުގެ ނަންބަރު 486/1/2021/1009(IUL) (5 ޖުލައި 2021) އިއުލާނާ ގުޅިގެން، އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެކަށީގެންވާ ވަރަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން ކުރިމަތިލާފައިނުވާތީ އެމަޤާމަށް އަލުން އިޢުލާން ކުރަމެވެ. |
|
މަޤާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ކްލެސިފިކޭޝަން އަދި ގްރޭޑް |
އޮފިސަރ ގރ.1 |
ރޭންކް |
އޯޓީޖޭ އެސް 3 |
ބޭނުންވާ އަދަދު: |
1 |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް |
ކޯޕަރޭޓް ސަރވިސް ޑިޕާރޓްމަންޓް |
މުސާރަ: |
10,700/-ރ (ދިހަހާސް ހަތްސަތޭކަ ރުފިޔާ) |
ސަރވިސް އެލަވަންސް: |
5,500/- ރ (ފަސްހާސް ފަސްސަތޭކަ ރުފިޔާ) |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އަހަރީ ރިޕޯޓްގެ މަސައްކަތްތައް ރާވާ ހިންގުން 2- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ހަދަންޖޭހޭ އިދާރީ އުސޫލުތައް ދެނެގަނެ، އެކަމާ ގުޅޭގޮތުން ދޭންޖެހޭ ލަފައާއި އިރުޝާދު ޑިރެކްޓަރަށް ދިނުމާއި، އަދި އިދާރީ އުސޫލުތައް އެކުލަވާލުމަށް ކުރަންޖެހޭ މަަސައްކަތްތައް ކުރުން 3- އެއްގަމާއި، ކަނޑާއި، ވައިގެމަގުން އަތޮޅުތެރެއަށް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރަންޖެހޭ އަދި ރާއްޖޭއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ރާވާ ހަމަޖެއްސުމާއި އިދާރީ އިންތިޒާމުތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މުޢާމަލާތްތައް ކުރުން 4- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މެއިންޓަނަންސްގެ އެންމެހާ މަސައްކަތްތައް ކުރުން 5- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް އަންނަ އަދި ފޮނުވާ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުމުގެ ނިޒާމެް ޤާއިމުކޮށް ބެލެހެއްޓުން 6- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެެ މަސައްކަތްތަކަށް އެކި ފަރާތްތަކާއެކު ހަދަންޖެހޭ އެގްރީމަންޓް ތަކާއި ގުޅޭ މަސައްކަތް ކުރުން 7- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އަހަރީ ބަޖެޓް ހެދުމުގައި އެހީތެރިކަން ފޯރުކޮށް ދިނުން 8- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މާލީ ބަޔާން ތައްޔާރުކުރުމުގައި އިސް ރޯލެއް އަދާ ކުރުން 9- ބަޖެޓާއި ބެހޭގޮތުން ތައްޔާރު ކުރަންޖެހޭ އެންމެހާ ރިޕޯޓުތައް ތައްޔާރު ކުރުމުގެ މަަސައްކަތްތައް ކުރުން 10- ރިސެޕްޝަނަށް އަންނަ ކޯލްތަކާއި ލިޔެކިޔުންތައް ބަލަހަށްޓައި ކަމާބެހޭ ޑިޕާރޓްމަންތަކަށް ފޯރުކޮށް ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން 11- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންޓާރނަލް އޯޑިޓް ހެދުމަށް އެހީތެރިކަން ފޯރުކޮށް ދިނުން 12- އަދި މިނޫންވެސް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން |
މަޤާމުގެ ޝަރުޠުތައް: |
މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
މަސައްކަތާއި ގުޅޭ ދާއިރާ: ފައިނޭންސް، އެކައުންޓިންގ، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް |
ރަސްމީ ގަޑި: |
ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
ސުންގަޑި: |
5 އޮގަސްޓް 2021 ގެ 14:00 އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އެހެނިހެން: |
އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނީ [email protected] އަށެވެ. |
4 ޛުލްހިއްޖާ 1442