ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕްރީ ސްކޫލް ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ އާއި އެހެނިހެން ތަކެތި ހޯދަން ބޭނުންވެއްޖެ
ހަނިމާދޫ ސްކޫލް
ހދ. ހަނިމާދޫ، ދިވެހިރާއްޖެ
ނަންބަރ: GS60(B)/2021/017
ބީލަން ހުށައެޅުމުގެ ދަޢުވަތު
- 2021 – 2022 ވަނަ އަހަރު މިސްކޫލް އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ގައި ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ އާއި އެހެނިހެން ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށައެޅޭނެ ފަރާތްތަކުގެ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފަރާތަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ "2021 – 2022 ވަނަ އަހަރަށް ބޭނުންވާ ސްޓޭޝަނަރީ ވައުޗަރ" ތަކެތި ދޫކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އަދި މިޝަރުޠު ހަމަވާ ފަރާތްތަކުން 2021 ޖުލައި 14 އިން 2021 އޮގަސްޓް 02ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް، ތިރީގައިވާ ލިންކު މެދުވެރިކޮށް، ފޯމް ހުށައެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
- މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ، 2021 އޮގަސްޓް 1 ވަނަ ދުވަހުގެ 10:00 ގެ ކުރިން، މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2021 އޮގަސްޓް 03 ވަނަ ދުވަހުގެ 10:00 ގައިހަނިމާދޫ ސްކޫލު އޮފީހުގެ ރިސެޕްޝަން ގައެވެ.
- މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
- މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ހަނިމާދޫ ސްކޫލް
އޯކިޑްމަގު، ހދ. ހަނިމާދޫ، ދިވެހިރާއްޖެ.
ފޯން: 6520533 ، 9907020
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:
https://docs.google.com/forms/d/e/1FAIpQLSfVFY4jxAxj2T9t-WDF-b1yb8OqvJYwB44nDLGxD72bVIw7bg/viewform
04 ޛުލްޙިއްޖާ 1442
14 ޖުލައި 2021މ
ނޯޓް: އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާނީ މާސްކް އަޅުއްވައިގެންނެވެ.
14 ޖުލައި 2021
ހޯދާ