ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މި އެސޯސިއޭޝަންގެ ނަންބަރު SAM/IUL/2021/02 އިޢުލާނާގުޅޭ

މިއެސޯސިއޭޝަންގެ ނަންބަރު SAM/IUL/2021/02 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ. 

ސްކައުޓް އެސޯސިއޭޝަންގެ އިންތިޚާބާގުޅޭ ގޮތުން ކޮށްފައިވާ އިޢުލާނުގައި އެއިންތިޚާބުގައި ވާދަ ކުރައްވާ ފަރާތްތަކުން އެޕލްިކޭޝަން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް ކަމުގައި ދެންނެވިފައިވީނަމަވެސް، ހާޑުކޮޕީ ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާްތްތަކަށް، އިންތިޚާބަށް ކުރިމަތި ލުމުގެ ސުންގަނޑި ހަމަވުމާއި ހަމައަށް، ކޮންމެ ހަފްތާއެއްގެވެސް، ބުދަ އަދި ބުރާސްފަތިދުވަހުގެ 1100 އިން 1400 އަށް ސްކައުޓް އެސޯސިއޭޝަންގެ ޤައުމީ ހެޑްކުއާޓަރަށް އިންތިޚާބުގެ އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.  

 އަދި ދަންނަވަމެވެ. އިންއިންތިޚާބަށް ކުރިމަތިލުމަށްޓަކައި ސްކައުޓް އެސޯސިއޭޝަނުން ބޭނުންވާ އެއްވެސް ރިފަރެންސެއް ހޯެއްދެވުމަށް ބޭނުންފުޅުވާ ފަރާތެއްވާނަމަ، އެކަމެއް [email protected] އަށް ހުށަހެޅުއްވުމުން، އެ ހުށަހެޅުން ވަޒަން ކުރުމަށްފަހު އެސޯސިއޭޝަނުން އެފަދަ ރިފަރެންސްތައް ދޫކުރަމުން ގެންދާނެއެވެ. ސްކައުޓް އެސޯސިއޭޝަންގެ އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2021 ޖުލައި 28ވާ ބުދަދުވަހުގެ 1400 އެވެ. 

 04 ޛުލްޙިއްޖާ 1442

14 ޖުލައި 2021
ހޯދާ