އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. ފެރިދޫ ސްޓެލްކޯ އިންޖީނުގޭގެ ދެކުނު ފަރާތުގައި އޮންނަމަގުގައި ކަނޑާލެވިފައިވާ 02 ރުއް ނީލަން ކިޔުން

                                                      ނަންބަރު:A/IUL/344/2021/21

 

އިޢުލާން

އއ.ފެރިދޫ ސްޓެލްކޯ އިންޖީނުގޭގެ ދެކުނު ފަރާތުގައި އޮންނަ މަގުގައި ކަނޑާލެވިފައިވާ 02 ރުއް ނީލަން ކިޔުން:

އއ.ފެރިދޫ ސްޓެލްކޯ އިންޖީނުގޭގެ ދެކުނު ފަރާތުގައި އޮންނަ މަގުގައި ކަނޑާލެވިފައިވާ 02 ރުއް ނީލަން ކިޔުމަށް ކުރި ނަންބަރު: A/IUL/344/2021/18  (30 ޖޫން 2021) އިޢުލާންގެ މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވުމަށް ހާޟިރުވެފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން މި 02 ރުއް ނީލަން ކިޔުމަށް އިޢުލާން ކުރަމެވެ. މި ނީލަން އޮންނާނީ  2021 އޮގަސްޓް 04 ވާ ބުދަ ދުވަހުއެވެ. 

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، މި 02 ރުއް ބައްލަވާލެއްވުމަށްފަހު، 2021 އޮގަސްޓް 04 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މިކައުންސިލްގެ އިދާރާއަށް ދުރުވެދެއްވުން އެދި ދެންނެވީމެވެ. އަދި މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ދުރުވަންވާނީ މާސްކު އަޅުއްވައިގެން ކަމުގައިވެސް ދަންނަވަމެވެ.

                  03 ޛުލްޙިއްޖާ 1442

13 ޖުލައި 2021
ހޯދާ