ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އެއްގަމުގެ ދަތުރުފަތުރާއި ބެހޭ ސަރވޭ

ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީ.ޑީ.ޕީ) ރިބޭސްކުރުމަށް ބޭނުންވާ މައުލޫމާތު މިބިއުރޯއިން ދަނީ އެއްކުރަމުންނެވެ. މިގޮތުން ޓްރާންސްޕޯޓު ސެކްޓަރގެ އިންޕުޓް – އައުޓްޕުޓް ސްޓްރަކްޗަރ ހެދުމަށްޓަކައި ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން އެއްގަމުގެ ދަތުރުފަތުރާއި ބެހޭ ސަރވޭ މިހިގާ ޖުލައި މަހުގެ 15 އިން ފެށިގެން ކުރިއަށް ގެންދެވޭނެ ވާހަކަ އާއްމުކޮށް އަންގާ އިޢުލާންކުރަމެވެ. މި ސަރވޭ ކުރެވޭނީ ފޯން މެދުވެރިކޮށެވެ.

 

މިގޮތުން މާލެ އާއި އަތޮޅުތަކުން ހޮވާލެވޭ 100 ފަރާތަކަށް މިސަރވޭކުރުމަށްޓަކައި 15 ޖުލައިން ފެށިގެން ކޮންމެދުވަހަކު 8:30 އިން 14:00 އާއި ދެމެދު މައުލޫމާތު ނެގުމަށްޓަކައި ގުޅަމުން ގެންދާނެވާހަކަ ދަންނަވަމެވެ. މިސަރވޭގައި ގުޅަމުންދާނީ މިބިއުރޯގެ ނަންބަރ 1423 އިންނެވެ.  

މިސަރވޭއަކީ ޤަވާއިދު ނަންބަރ:  2013/R-4"ދިވެހިރާއްޖޭގެތަފާސްހިސާބުގެ ޤަވައިދު 2012"ގެ ދަށުން ހުއްދަލިބިގެން ކުރެވޭ ސަރވޭއެކެވެ. މިސަރވޭގައި އެއްކުރެވޭ ވަކިފަރުދެއްގެ މައުލޫމާތަކީ ސިއްރެއްގެ ގޮތުގައި ހިފެހެއްޓޭނެ މައުލޫމާތެވެ.  މިޤަވާއިދުގައި ކަނޑައެޅިފައިވާ ގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުގެ މަސައްކަތުގައި އުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަށް ލާޒިމުވެއެވެ.

މިސަރވޭއަކީ ޤައުމީ ބޮޑުމަސައްކަތަކަށް ވުމާއިއެކު، އާއްމުންގެ ފުރިހަމަ އެއްބާރުލެއްވުން މިބިއުރޯއަށް ވަރަށް ބޮޑަށް ބޭނުންވާނެ ވާހަކަ މިފުރުސަތުގައި ދަންނަވަމެވެ. އަދި މިހާތަނަށް ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

މި މަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ މިބިއުރޯގެ ނޭޝަނަލް އެކައުންޓްސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް ސެކްޝަންގެ ނަންބަރ: 3008431 ގުޅުއްވުން އެދެމެވެ.

13 ޖުލައި 2021
ހޯދާ