ދިވެހިރާއްޖެ
މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު
މ. މުލި،
ދިވެހިރާއްޖެ.
ނަންބަރު: K5C-A/2021/21
އިޢުލާން
މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ އިދާރީ ބައިގައި ހަރުކުރުމަށް ލިބިފައިވާ އެއަރކަންޑިޝަން ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ އިދާރީ ބައިގައި ހަރުކުރުމަށް ލިބިފައިވާ 18000ބީޓީޔޫގެ އެއަރކަންޑިޝަން ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިކޯޓުން ކުރި އިޢުލާން (ނަންބަރު: K5C-A/2021/19) އާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެއްވެސް ފަރާތަކުން ޙާޟިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އެ މަސައްކަތަށް އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 04 އޮގަސްޓް 2021 ވާ ބުދަ ދުވަހުގެ 09:00 އަށްމިކޯޓަށް ނުވަތަ މ.ދިއްގަރު މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އަންދާސީ ހިސާބު ހުށަހެޅުން
މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 15 އޮގަސްޓް 2021 ވަނަ ދުވަހުގެ 09:00ގައި މިކޯޓު ނުވަތަ މ.ދިއްގަރު މެޖިސްޓްރޭޓް ކޯޓުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތުގެ ނަން، ތާރީޚާއި ވަޤުތު އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީ ކާޑު ގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
13 ޖުލައި 2021