މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މާލެ ޖަލަށް ޓޯކީ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ސުރުޙީގައި ދަންނަވާފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު:-  (IUL)167-PR/167/2021/47  އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ތިރީގައި ދެންނެވިފައިވާ ފަރާތާއި ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް މި ސަރވިސްގެ ބިޑް ކޮމެޓީގެ 22 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،

  • ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
  • މި ބީލަން، އެހެން ފަރާތާކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.

މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.

 1.     ބީލަން ޙަވާލު ކުރަން ނިންމާފައިވާ ފަރާތް:-

ކުންފުނީގެ ނަން:-

ޓާގެޓް

ހުށަހަޅާފައިވާ އަގު:-

396,440.00 ރ

ހުށަހަޅާފައިވާ މުއްދަތު:-

28 ދުވަސް

  2.   ބީލަން ހުށަހަޅާފައިވާ އެހެނިހެން ފަރާތްތައް:-

ކުންފުނީގެ ނަން:-

ޑެލްޓަރ ޕްރައިވެޓް ލިމިޓެޑް

ހުށަހަޅާފައިވާ އަގު:-

419,802.40 ރ

ހުށަހަޅާފައިވާ މުއްދަތު:-

28 ދުވަސް

ބީލަން ކާމިޔާބު ނުވި ސަބަބު:-

މި މަސައްކަތް ހަވާލު ކުރަން ނިންމާފައިވަނީ އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިވެލުއޭޝަންގައި އެންމެ ކުޑަ އަގު ހުށަހަޅައިގެން އެއްވަނަ އަށް ގޮސްފައިވާ ފަރާތަށެވެ.

ކުންފުނީގެ ނަން:-

މޯލްޑިވްސް އިލެކްޓްރޯނިކް ސަރވިސަސް ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް

ހުށަހަޅާފައިވާ އަގު:-

326,480.00 ރ

ހުށަހަޅާފައިވާ މުއްދަތު:-

60 ދުވަސް

ބީލަން ކާމިޔާބު ނުވި ސަބަބު:-

މައުލޫމާތި ޝީޓުގައި ބަޔާން ކޮށްފައިވާ ގޮތަށް ބޭންކް ސްޓޭޓްމަންޓް އަދި ކޮމްޕަނީ ޕްރޮފައިލް ހުށަހަޅާފައި ނުވާތީ އިވެލުއޭޓް ކުރެވިފައެއް ނުވެއެވެ.

ކުންފުނީގެ ނަން:-

ޑެލްޓަރ ސަރވިސަސް

ހުށަހަޅާފައިވާ އަގު:-

355,098.41 ރ

ހުށަހަޅާފައިވާ މުއްދަތު:-

30 ދުވަސް

ބީލަން ކާމިޔާބު ނުވި ސަބަބު:-

މައުލޫމާތު ޝީޓުގައި  މި ސަރވިސްއިން ހުށަހަޅާފައިވާ ސްޕެސިފިކޭޝަންއާއި ޑެލްޓަރ ސަރވިސަސްއިން ހުށަހަޅާފައިވާ އަންދާސީ ހިސާބުގައިވާ ސްޕެސިފިކޭޝަންއާއި ދިމާ ނުވުމުގެ ސަބަބުން އިވެލުއޭޓް ކުރެވިފައެއް ނުވެއެވެ.

 ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާއެއް ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 2021 ޖުލައި 19 ވަނަ ދުވަހެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، މި ސަރވިސްއަށް އެޑްރެސް ކުރުމަށްފަހު ހުށަހަޅަންވާނެއެވެ.

އީ.މެއިލް :-[email protected]

ސެކްޝަން :-Procurement section

ފޯން ނަންބަރު :- 3026124 , 3026133 

13 ޖުލައި 2021
ހޯދާ