އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން ބިލްޑިންގ އިމާރާތް ކުރުމަށް ބޭނުންވާ ޑިޒައިނިންގ، ކޮންސަލްޓެންސީ އަދި އީ.އައި.އޭ މަސައްކަތް
- އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން ބިލްޑިންގ އިމާރާތް ކުރުމަށް ބޭނުންވާ ޑިޒައިނިންގ، ކޮންސަލްޓެންސީ އަދި އީ.އައި.އޭ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)AEH/AEH/2021/19 އިޢުލާނުގެ މައުލޫމަތައް ބަދަލުތަކެއް އައިސްފައިވާތީ މިދެންނެވުނު އިޢުލާން ބާޠިލުކޮށް މިމަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
- ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޖުލައި 2021 އިން ފެށިގެން 22 ޖުލައި 2021 ވާ ދުވަހުގެ 13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރުމުގައި ސަބްޖެކްޓްއަކަށް މަސައްކަތުގެ ނަން ޖެއްސުވަމަށް ސަމާލުވުން އެދެމެވެ.
- މި ޢިއުލާނާއި އެކު މަޢުލޫމާތު ޝީޓް (އެނެކްސް 01 - 04އަށް)، އަގު ހުށަހަޅާ ފޯމް، ބިޑް ސިކިއުރިޓީ ފޯރމެޓް އަދި ރެޖިސްޓްރޭޝަން ފޯމް ގެޒެޓް ކުރެވިފައިވާނެއެވެ.
- މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ އޮންލައިން ސެޝަން 28 ޖުލައި 2021 ވާ ދުވަހުގެ 13:15 ގައި އޮންނާނެއެވެ. ސެޝަން ލިންކް ރެޖިސްޓްރޭޝަން ސުންގަނޑި ހަމަވުމުން ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ.
- އޮންލައިން ސެޝަނަށް ފަހު އިތުރަށް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 29 ޖުލައި 2021 14:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
- ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 04 އޯގަސްޓް 2021 ވާ ދުވަހުގެ 13:30 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.
12 ޖުލައި 2021
ހޯދާ