ދިވެހިރާއްޖެ
ނީލަން ކިޔުން |
ނަންބަރު: 223/1/2021/26(IUL) |
ތާރީޚް: 12 ޖުލައި 2021 |
ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލުގެ ދަށުން މިޓްރައިބިއުނަލްގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި، ދައުލަތުގެ އެހެން އޮފީހަކަށް ބޭނުންކުރެވޭތޯ ބެލުމަށް ނީލަން ޕޯޓަލް މެދުވެރިކޮށް ޝާއިޢު ކުރުމުން އެއްވެސް އޮފީހަކުން އިޖާބަ ދެއްވާފައިނުވާތީ، އެތަކެތި ދުވަހު ނީލަމުގައި ވިއްކާލުމަށް މިޓްރައިބިއުނަލްގެ ނަންބަރު: (IUL)223/1/2021/23 އިޢުލާނުން ވަނީ ގެޒެޓް ކުރެވިފައެވެ. ނަމަވެސް އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވެފައިނުވާތީއެތަކެތި ދުވަހުގެ ނީލަމުގައި ވިއްކާލުމަށް އަލުން އިޢުލާން ކުރަމެވެ.
ނީލަން ކިޔުމަށް ކަނޑައެޅިފައިވަނީ، ލޮޓްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިތަކެތި 4 ލޮޓަކަށް ބަހާލެވިފައިވާނެއެވެ. ލޮޓުތަކަށް ދެވިފައިވާ އަގުތަކާއި، ލޮޓުތައް ބަހާލެވިފައިވާގޮތާއި، ލޮޓުތަކުގެ ނީލަން ފެށޭ އަގު އަދި ނީލަން ފެށޭ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު މިއިޢުލާނާއެކު ހިމެނިފައިވާނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަންނަވަން ޝައުގުވެރިވާ ފަރާތްތަކުން 03 އޮގަސްޓް 2021 ވާ އަންގާރަ ދުވަހު ހެނދުނު 10:00 އަށް މި ޓްރައިބިއުނަލަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ.
ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 ގަޑިއިރުތެރޭގައި މި ޓްރައިބިއުނަލަށް ފައިސާ ދެއްކެމަށްފަހު އެތަކެތި ގެންދަންވާނެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3015555 ނަންބަރު ފޯނަށެވެ.
މި ނީލަމާ ގުޅިގެން ޓްރައިބިއުނަލަށް ވަޑައިގަންނަވާ ފަރާތްތަކުން ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ.
02 ޛުލްޙިއްޖާ 1442
12 ޖުލައި 2021