ދިވެހިރާއްޖެ
މި އިޢުލާންވަނީ 11 އޮގަސްޓް 2021 10:03 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
އިސްދޫ ކަލައިދޫ ސްކޫލު ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ:
މިސްކޫލުން ދޭ ނަމޫނާއާ އެއްގޮތަށް ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް (ސެކަންޑް ޔުނީފޯމް) ފަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރ: 2014/18 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ދަންނަވަމެވެ.
- ބިޑުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 29 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އިސްދޫ ކަލައިދޫ ސްކޫލު އޮފީހަށް ދުރުވެ ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ. ނަން ނޯޓް ކުރުމަށް މެއިލް ކުރާނަމަ ކުރާނީ [email protected] އަށެވެ.
- މި މަސައްކަތާ ގުޅޭ ޕްރީބިޑް މީޓިންގ އޮންނާނީ 5 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އިސްދޫ ކަލައިދޫ ސްކޫލުގައެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 12 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އިސްދޫ ކަލައިދޫ ސްކުލުގައެވެ.
ބީލަމުގައި ބައިވެރިވުމަށް ނަންނޯޓް ނުކުރާ ފަރާތްތަކާއި، ގަޑި ޖެހުމުގެ ފަހުން މައުލޫމާތު ދިނުމުގެ ބައްދަވުމަށާއި، ބީލަން ބަލައިގަތުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ބީލަން ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިސްދޫ ކަލައިދޫ ސްކޫލް
ފޯން: 6800743
އީ-މެއިލް: [email protected]