މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި ފުޓްސަލްކުޅޭ ޓީމްތައް ރަޖިސްޓްރީކުރުމަށް ހުޅުވާލުން

އިޢުލާން

ރަށުގައި ފުޓްސަލްކުޅޭ ޓީމްތައް ރަޖިސްޓްރީކުރުމަށް ހުޅުވާލުން

ފުޓްސަލް ދަނޑު ދޫކުރުމުގައި ކުރިން ޢަމަކުކުރަމުންދިޔަ އުސޫލު ބަދަލުކޮށް، ފުޓްސަލް ކުޅޭ ޓީމްތައް ކައުންސިލްގައި ރަޖިސްޓްރީކޮށް، ޓީމްތަކުގެ މެދުގައި ވަޤުތު ބަހާލައިގެން ކޮންމެ މަހަކު ކައުންސިލުން އިޢުލާންކުރާ ތާވަލާއި އެއްގޮތަށް ދަނޑު ދޫކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ.

އެހެންކަމުން ރަށުގައި ފުޓްސަލްކުޅޭ އަންހެން އަދި ފިރިހެން ފުޓްސަލް ޓީމްތައް، 2021 ޖުލައި 14 ވަނަ ދުވަހުގެ 14:00 ގެކުރިން ޓީމްތައް ރަޖިސްޓްރީ ކުރެއްވުމަށްވެސް ދަންނަވަމެވެ. ޓީމްތަކަށް އަންނަ ބަދަލު ރަޖިސްޓްރީކުރުމަށް ކޮންމެ މަހަކު އެއްފަހަރު ފުރުޞަތު ދެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ޓީމުތަކަށް ދަނޑުދޫކުރާ ގަޑި މަހަކު އެއްފަހަރު ބަދަލުވާނެ ވާހަކަ ދަންނަވަމެވެ.

ޓީމްތައް ރަޖިސްޓްރީކުރުމަށް އެދޭ ފޯމް ރަސްމީގަޑީގައި މިކަންސިލްގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޖުލައި 2021
ހޯދާ