ދިވެހިރާއްޖެ
ފުނަދޫ ސްކޫލް |
|
ފުނަދޫ، |
|
ދިވެހިރާއްޖެ. |
އިޢުލާން ނަންބަރ: (IUL)GS-59-B/INDIV/2021/21
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ޔުނީފޯމް ފޮތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މި ސްކޫލްގެ ދަރިވަރުންގެ އައު ޔުނީފޯމް ފަހާ ފޮތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ (IUL)GS-59-B/INDIV/2021/17 (16 ޖޫން 2021) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހާޟިރުވެފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
މިސްކޫލުގެ ދަރިވަރުންގެ ޔުނީފޯމް ފެހުމަށް ބޭނުންވާ ފޮތި ވިއްކައިދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
1. މި ބީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021ޖުލައި 11 ން 15 ގެ 8:00 ން 14:00 އާއި ދެމެދު ( ރަސްމީގަޑީގައި ) ގުޅުއްވައިގެން ނަންނޯޓު ކުރުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ ނަންނޯޓްކުރާ ފަރާތްތަކަށް އެކަނިއެވެ.
2. މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖުލައި 15 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected] ފޮނުއްވުން އެދެމެވެ. ނުވަތަ ރަސްމީގަޑީގައި 7536273 ފޯނާއި ގުޅުއްވުން އެދެމެވެ.
3. މިބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2021 ޖުލައި 15 ވާ ބުރާސްފަތި ދުވަހު ހެދުނު 13:00 ގައި ފުނަދޫ ސްކޫލުގައެވެ.
4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 އޮގަސްޓް 01 ވާ އަންގާރަ ދުވަހު މެންދުރު 13:00 ގައި ފުނަދޫ ސްކޫލުގައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ދެންނެވިފައިވާ ތާރީޚުގެ ކުރިން ނަން ނޯޓު ކުރައްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެވެ.
ފުނަދޫ ސްކޫލް،
ރެހެންދިމަގު / ށ.ފުނަދޫ
ފޯން: 6540540
އީމެއިލް: [email protected]
16 ޖޫން 2021