މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އިމްޕޯޓް މުދާ ކްލިއަރ ކޮއްދޭނެ ފަރާތެއް ހޯދުން

                                                  

 

                                                                                                                                                                                                                                                                                                                                   No: 134-AD/I/2021/46 

އިޢުލާން

އިމްޕޯޓް މުދާ ކްލިއަރ ކޮއްދޭނެ ފަރާތެއް ހޯދުން

މިފްކޯގެ ނަމުގައި ރާއްޖެއިން ބޭރުން އަންނަ މުދަލައް ކަސްޓަމްސް ކްލިއަރިންގް މަސައްކަތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 15 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected]  އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިފަރާތްތަކަށް، މަޢުލޫމާތު ކަރުދާސް (އާރ.އެފް.ޕީ) 15 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00ކުރިން އީމެއިލް މެދުވެރިކޮށް ޙަވާލުކުރެވޭނެއެވެ.

 މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކޮށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން 03 އޯގަސްޓް 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އާއި މެންދުރުފަހު 14:00 ދެމެދު [email protected]  އީމެއިލް އަށް ޕްރޮޕޯސަލް ފޮނުވަންވާނެއެވެ. ސުންގަޑީގެ ފަހުން ފޮނުވާ ޕްރަޕޯސަލް ތަކާއި ރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތުގައި ރަޖިސްޓްރީ ކޮއްފައިނުވާ ފަރާތްތަކުގެ ޕްރަޕޯސަލް ބަލައިނުގަނެވޭނެއެވެ. ޕްރަޕޯސަލް ހުޅުވުން އޮންނާނީ 03 އޯގަސްޓް 2021 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގައި މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް އޮންލައިން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނަވާ ފަރާތްތަކުގެ ޙާޟިރުގައެވެ.

 

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ[email protected]  އީ-މެއިލް މެދުވެރިކޮށް މުޢާމަލާތު ކުރެއްވުން ނުވަތަ ނަންބަރ 3323932 ފޯނާ ގުޅުއްވުން އެދެމެވެ. 

11 ޖުލައި 2021

11 ޖުލައި 2021
ހޯދާ