ދިވެހިރާއްޖެ
އިޢުލާނު
|
|
މަޤާމު: |
ކައުންސިލް އެސިސްޓެންޓް |
މަޤާމުގެ ނަންބަރު: |
01 |
ބޭނުންވާ އަދަދު: |
01 |
މަޤާމުގެ ގިންތި: |
ވަގުތީ (01 އަހަރަށް) |
މަޤާމްއޮތް އޮފީސް: |
ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލް އިދާރާ |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ވޭސްޓް މެނޭޖްމަންޓް ކަލެކްޝަން |
މުސާރަ: |
-/3500 ރ ( ތިންހާސް ފައްސަތޭކަރުފިޔާ ) |
ސަރވިސް އެލަވަންސް: |
-/1000 ރ ( އެއްހާސް ރުފިޔާ ) |
އެހެނިހެން އެލަވަންސް: |
ހަމަޖެހިފައިވާ އުޞޫލެއްގެ މަތީން ރަމަޟާން މަހުގެ އިނާޔަތު ފައިސާ |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
01 – ވޭސްޓް މެނޭޖްމަންޓް ކަލެކްޝަނަށް ކުނިގެންދާ ފަރާތްތަކުން ކުނިއެޅުމަށް ކަނޑައަޅާފައިވާ ތަންތަނަށް ކުނިއަޅާތޯ ބަލައި، ކުނީގެ ބައްވަތްތައް އެބާވަތެއް އަޅަންޖެހޭ ތަނަކަށް ކުނި އެޅުވުން. 02 – ވޭސްޓް މެނޭޖްމަންޓް ކަލެކްޝަނަށް ގެންދެވޭ ކުނި ވަކިކޮށްގެން ނުގެންދާ ފަރާތްތަކަށް އެކަން ހަނދާންކޮށްދީ ތަކުރާރުވާ ފަރާތްތަކުގެ މަޢުލޫމާތު ރަށުކައުންސިލަށް އަންގައި ހިއްސާކުރުން. 03 – ހިމުންކުނި ފިޔަވާ އެއްވެސް ބާވަތެއްގެ ކުނި މޫދަށް އަޅާތޯބަލައި އެކަންމަނާކުރުމާއި އެކު އެފަރާތެއްގެ މަޢުލޫމާތު ކައުންސިލާއި ހިއްސާކުރުން 04 – އަންދާކުނި އެންދުމުގައި އާއްމު ރައްޔިތުންނަށް އުދަގޫވާގޮތަށް ކުނި ނޭދުން . 05 – ވޭސްޓް މެނޭޖްމަންޓް ކަލެކްޝަން ވަށައިގެންވާ ޞަރަޙައްދުގެ މަގު ސާފުކުރުން. 06 – ކުޑަކުދިން ވޭސްޓް މެނޭޖްމަންޓް ކަލެކްޝަން ޞަރަޙައްދަށް ވަނުން މަނާކުރުމާއި، އެކަން ތަކުރާރިވާނަމަ ކަމާއި ގުޅޭ މަޢުލޫމާތު ކައުންސިލާ ހިއްސާކުރުން. 07 – ވޭސްޓް މެނޭޖްމަންޓް ކަލެކްޝަންގެ މަސައްކަތަށް ބޭނުންވާ މެޝިނަރީއާއި ހިފާގެންގުޅޭ ތަކެތި ރައްކާތެރިކަމާއިއެކުބެލެހެއްޓުން. 08 – ކުޑަކުދިންގެ ޕާކްތެރެއާއި، ބަނދަރުމަތީ ހަދާފައިވާ ބުޑުތަކުގެ އެތެރެ ސާފުކޮށް ބެލެހެއްޓުން. 09 – ރަށުބަނދަރުގެ ފަޅުތެރެއަށް އެޅޭކުނިތައް ނަގައި ސާފުކުރުމާއި، ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ކުނިގޮޑަށް ކުނިގެންދިއުން. 10 – ރަށު ބަނދަރުގެ އޮޑިދޯނި ފަހަރާއި އެހެނިހެން އުޅަނދުތައް އެއުޅަނދެއް އަޅަންޖެހޭ ތަނެއްގައި އެޅުމަށް ތަރުތީބު ކުރުވުން. 11 – ރަށު ބަނދަރު ބޭނުންކުރުމުގެ އުޞޫލާއި ހިލާފަށް ޢަމަލުކުރާ ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާކުރުން. 12 – ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ އިޖުތިމާޢީ މަސައްކަތުގައި ބައިވެރިވުން . 13 – ދީނީ އަދި ޤައުމީ މުނާޞަބަތުތަކާއި، ދުވަސްތައް ފާހަގަކުރުމަށް ކައުންސިލުން ކުރާ މަސައްކަތުގައި ބައިވެރިވުން. 14 – މަސައްކަތުގެ ދާއިރާގެ ތެރެއިން ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން . |
މަޤާމުގެ ޝަރުޠުތައް: |
1. ލިޔަން ކިޔަން އެގުން. ( ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެން ނުވަތަ މިއިދާރިން ލިޔަންކިޔަން އެގޭ މިންވަރުބަލާ ޓެސްޓިން ފާސްވުމުން ނެވެ. ) 2 . ގިނަވަގުތު މަސައްކަތުގައި ވަގުތު ހޭދަކުރެވޭނެ ފުރިހަމަ ޞިއްހަތެއްގައި ހުރި މީހެއްކަމުގައިވުން. 3. އެއްވެސް ބާވަތެއްގެ އެލާޖިކެއް ހުންނަ މީހެއްކަމުގައި ނުވުން. 4 . މީލާދީ ގޮތުން 18 އަހަރު ފުރިފައިވުން |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖުލައި 29 ވާ ބުރާސްފަތި ދުވަހުގެ 13.00ގެ ކުރިން، ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ[email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ސިޓީ ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓުކުރެވޭނެއެވެ. |
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2021 ޖުލައި 30 އާއި 2021 އޮގަސްޓް 03 އާއި ދެމެދު، ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލް އިދާރާގައެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740013 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |