ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ނަންބަރު:WAMCO-PRO/IUL/2021/024
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނަށް ޑޮލަރު ވިއްކާނެ ފަރާތެއް ހޯދުން
މިކޯޕަރޭޝަނުން ޔޫ.އެސް ޑޮލަރ ގަންނަން ބޭނުންވެއްޖެއެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާއިރު އަންނަނިވި ކަންތައްތައް ޕްރޮޕޯސަލްގައި ހިމަނަންވާނެއެވެ.
- ޑޮލަރ ވިއްކުމުގެ ލައިސެންސް ހިމަނަންވާނެއެވެ.
- ކޮމްޕެނީ ޕްރޮފައިލް ހިމަނަންވާނެއެވެ.
- އަމިއްލަ ފަރާތެއްނަމަ ހުށަހަޅާ ފަރާތުގެ އައިޑީ ކާޑް ކޮޕީ ނުވަތަ ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.
- ޑޮލަރު ވިއްކާ އަގާއި ޕޭމެންޓް ޓަރމްސް ޕްރޮޕޯސަލްގައި ހިމަނަންވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީހުގެ ކުރިން މިކުންފުނީގެ ޢީމެއިލް އެޑްރެހަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޙު |
ގަޑި |
ތަން |
ޝަޢުޤުވެރިކަން ފާޅުކުރުން |
12 ޖުލައި 2021 (ހޯމަ) |
14:00 |
2021 ޖުލައި 12ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ފަހުން ލިބޭ އެއްވެސް ޕްރޮޕޯސަލްއެއް ބަލައެއް ނުގަނެވޭނެއެވެ.
ޝައުޤުވެރިކަން ފާޅުކުރައްވާއިރު އިޢުލާންގައިވާ ނުކުތާތަކަށް އިސްކަންދީ މަޢުލޫމާތުތައް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. ޑޮލަރު ގަތުމަށް ހަމަޖެހިފައިވަނީ ޝައުގުވެރިކަން ފާޅުކުރައްވާ ފަރާތްތަކަށް އެވަގުތެއްގައި ކުންފުނިން ބޭނުންވާ އަދަދަށް ރޭޓް ހުށަހެޅުމަށް އީމެއިލް ކުރުމުން އެންމެ ކުޑަރޭޓެއް ހުށަހަޅުއްވާ ފަރާތަކުންނެވެ.
މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ
މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.
ޕޯސްޓަލްކޯޑް:20161
ފޯން ނަންބަރު: 3025804 ފެކްސް ނަންބަރު: 3000584
07 ޖުލައި 2021