ދިވެހިރާއްޖެ
އިޢުލާން
ޑީ. ބީ .އެސް. ޕާރސަލް ލޮކަރު (ޕިކްޕޯސްޓް ލޮކަރު) ގަތުން
މި އޮތޯރިޓީއަށް 03 (ތިނެއް) ޑީ. ބީ .އެސް. ޕާރސަލް ލޮކަރ ސިސްޓަމް (ޕިކްޕޯސްޓް ލޮކަރު) ގަންނަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން 15 ޖުލައި 2021 ވާ ބުރާސްފަތިދުވަހުގެ 11:30 އަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ މ.ޗަނބޭލީ ވިލާ (ކުރީގެ ސްޓަރސިނަމާ) 2 ވަނަ ފަންގިފިލާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 10 އޮގަސްޓް 2021 ވާ އަންގާރަދުވަހު 11:30 އަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ މ.ޗަނބޭލީ ވިލާ 2 ވަނަ ފަންގިފިލާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ގަޑިޔަށް ޙާޟިރުނުވާ ފަރާތުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
27 ޒުލްޤައިދާ 1442
07 ޖުލައި 2021