މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަލިފުށި ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ
އިޢުލާން
އަލިފުށި ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ
އަލިފުށި ކައުންސިލްގެ އިދާރާއިން ހިންގާ އަލިފުށި ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމަށް ކުރެވުނު އިޢުލާން (ނަންބަރު (IUL)298/298/2021/31) ބާތިލުކޮށް އަލުން ޕްރީ ސްކޫލަށް ތިރީގައިވާ ގުރޭޑް ތަކަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު ހުޅުވާލަމެވެ.
1- ބޭބީ ނާސަރީ (01 އޮގަސްޓް 2021 އަށް 2 އަހަރުފުރި 3 އަހަރު ނުފުރޭ ކުދިން)
2- ނާސަރީ (01 އޮގަސްޓް 2021 އަށް 3 އަހަރު ފުރިފައިވާކުދިން)
އަލިފުށި ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމަށް ބޭނުންވާ ފަރާތްތަކުން ޕްރީ ސްކޫލަށް ވައްދަން އެދޭ ފޯމާއެކު، ކުއްޖާއާއި ބެލެނިވެރިޔާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއާއެކު އިދާރާގެ ކައުންޓަރަށް ނުވަތަ ކައުންސިލްގެ ނަންބަރު 9184511 އަށް ވައިބަރ ކުރެއްވުމަށް ދެންނެވީމެވެ. ފޯމް ބަލައިގަތުމުގެ ސުންގަޑިއަކީ 2021 ޖުލައި 13 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިންނެވެ.
މިފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
06 ޖުލައި 2021
ހޯދާ