ދިވެހިރާއްޖެ
މިކުންފުނިން ދޭ ސްޕެސިފިކޭޝަން އާއި އެއްގޮތަށް ތިރީގައިމިވާ ތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަން މިކުންފުނިން ކުރި ނަންބަރު:AGRO/PRO/TD/2021/05 އިޢުލާނާއި ގުޅިގެން، ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުތަކެއްކަމުގައި ފެންނާތީ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
6000 ކަރުދާސް ފޮށި
6000 ތުނި ގޯނި
2000 ޓޭޕް ރޯލް
4000 ބާސްކެޓް
ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޖުލައި 10 ގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވަން ފޮނުވާ އީމެއިލްގައި، އިޢުލާން ނަންބަރާއި، ކުންފުނީގެ ނަމާއި ގުޅޭނެ ފޯން ނަންބަރު ހިމެނުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2021 ޖުލައި 12 ވަނަ ދުވަހުގެ 14:00 ގައި އެގްރޯނޭޝަނަލް ކޯޕަރޭޝަން (ހ. އޯކިޑް 8 ވަނަ ފަންގިފިލާ، އަމީރުއަހްމަދު މަގު ) ގެ ހެޑް އޮފީހުގައެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު އިއުލާނާއެކު ގެޒެޓް ކުރެވިފައި ވާނެއެވެ.