ދިވެހިރާއްޖެ
ޤާނޫނު ނަންބަރު: 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ ދަށުން ބާއްވާ ބައި-އިލެކްޝަންގެ ޝަކުވާ ބަލާ ކޮމިޓީގައި މި ކައުންސިލުގެ ޢާންމު މެންބަރަކު ހިމެނުމަށް އެގްޒެކެޓިވް ކޮމިޓީން ނިންމަވާފައިވާތީ، ބާ ކައުންސިލުގެ އާންމު މެންބަރުންގެ ތެރެއިން މި ކޮމިޓީގެ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.
މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ.
މަޤާމް: |
ޝަކުވާ ބަލާ ކޮމިޓީގެ މެންބަރު |
މެންބަރުން ބޭނުންވާ ޢަދަދު: |
1 (އެކެއް) |
އަސާސީ ޝަރުތުތައް:
|
ނޯޓް: ޝަކުވާ ބަލާ ކޮމިޓީއަށް ޢައްޔަނުކުރާ މެންބަރަކާ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންއަށް ކުރިމަތިލާ ކެންޓިޓޭޓަކާ ތިމާގެ ކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތް ކަމުގައިވާނަމަ، އެ މެންބަރަކު ޝަކުވާ ބަލާ ކޮމިޓީން އިސްތިޢުފާ ދޭންޖެހޭނެއެވެ.
|
ކޮމިޓީގެ މަސްއޫލިއްޔަތުތައް:
|
ގަވާއިދު ނަންބަރު: 2019/R-1055 (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓިއަށް މެންބަރުން އިންތިޚާބު ކުރުމުގެ ގަވާއިދު) އާ އެއްގޮތަށް ބާ ކައުންސިލުން ބާއްވަންޖެހޭ ބައި-އިލެކްޝަންއާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުން
|
އުޖޫރަ: |
މި މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ.
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
|
|
ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި |
އެޕްލިކޭޝަން ހުށަހަޅާނީ 28 ޖުލައި 2021 ގެ 15:00 ގެ ކުރިން ބާ ކައުންސިލުގެ [email protected] އަށް އީ-މެއިލްގެ ޒަރީޢާއިންނެވެ. (ހުރިހާ ޑޮކިއުމަންޓެއް އެއް އީ-މެއިލެއްގައި އެޓޭޗްކުރެވިފައި)
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ.