ދިވެހިރާއްޖެ
މ. މަޑުއްވަރީ ޞިއްޙީމަރުކަޒު
ދިވެހިރާއްޖެ ނަންބަރު: K9-HC/IUL/2021/02
ޕަބްލިޝްކުރި ތާރީޚް: 6 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 1200
ސުންގަޑި: 13 ޖުލައި 2021 1200
މ. މަޑުއްވަރީ ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް
ޢިއުލާން
މ. މަޑުއްވަރީ ކައުންސިލް އިދާރާއިން މ. މަޑުއްވަރީ ޞިއްޙީމަރުކަޒަށް ފައިބަރ ނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚު ތަކުގައި މަޑުއްވަރީ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން
13 ޖުލައި 2021 ވާ އަންގާރަ ދުވަހުގެ 12:00 ގައި
އަންދާސީ ހިސާބު ހުށަހެޅުން
18 ޖުލައި 2021 ވާ އާދީއްތަ ދުވަހުގެ 12:00 ގައި
މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
2021-07-06