ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ
މިކައުންސިލް އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: މަސައްކަތު (އިޖްތިމާޢީ ސަރަހައްދު ސާފުކުރުން)
އަދަދު: 12
މުސާރަ: މަހަކު 1800.00 ރުފިޔާ
ޝަރުތު: އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަން ކިޔަން އެނގޭ ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ސިއްޙަތު ރަގަނޅު ހީވާގި މީހަކު ކަމުގައިވުން.
ކުރަންޖެހޭ މަސައްކަތް: ކައުންސިލުން އަންގާ ގޮތެއްގެ މަތީން ރަށުގެ އިޖްތިމާއީ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން
އިންޓަރވިއު: މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 14 ޖުލައި 2021 ވާ 14:00 ން 15 ޖުލައި 2021 އާ ދެމެދުގައެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖުލައި 2021 ބުދަދުވަހު 13:30 ގެ ކުރިން ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކޮށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް 07 ޖުލައި އިން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 އާ ހަމައަށް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820020 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.