ދިވެހިރާއްޖެ
2021 – 2022 ވަނަ އަހަރު ބޭބީ ނާސަރީ އަދި ނާސަރީއަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބޭބީނާސަރީ އަދި ނާސަރީއަށް ދަރިވަރުން ވެއްދުމުގެ އުޞޫލު ތިރީގައި މިވަނީއެވެ.
ގްރޭޑް |
2021 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރު ފުރާ |
އިސްތިސްނާ/ އިތުރު ބަޔާން |
ބޭބީ ނާސަރީ |
1 އޯގަސްޓް 2021 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ދަރިވަރުން |
|
ނާސަރީ |
1 އޯގަސްޓް 2021 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ދަރިވަރުން |
|
ބޭބީ ނާސަރީ އަދި ނާސަރީއަށް ވައްދާ ދަރިވަރުންގެ ފީއެއްގެ ގޮތުގައި މަހަކު 250 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ ބޭބީ ނާސަރީ އަދި ނާސަރީއަށް ދަރިވަރުން ވައްދަން އެދޭ ފޯރމް ކައުންސިލް އިދާރާއިން ނެންގެވުމަށްފަހު 11 ޖުލައި 2021 ވާ އާދީއްތަ ދުވަހުގެ 14.00 ގެކުރިން ފޯރމް ހުށަހެޅުއްވުން އެދެމެވެ. ފޯރމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10.30 ން 14.00 އާއި ދެމެދެވެ.
5 ޖުލައި 2021