މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކުރިއަށް ގެންދާ ހާއްސަ އަސްކަރީ ތަމްރީނާއި ގުޅޭ
ަންބަރ : 60 (IUL)202-M/1/2021/
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)އިން ކުރިއަށް ގެންދާ 67 އަސާސީ ތަމްރީނު ކޯހުގެ ނައިޓް ޓްރޭނިންގ ތަމްރީނުތަކެއް 2021 ޖުލައި 15 އިން 17 އަށް މިއިން ކޮންމެ ދުވަހަކު 18:00 އިން 06:00 އަށް ޅ.މާފިލާފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިއޮތޯރިޓީއަށް އަންގާފައިވެއެވެ. މި ތަމްރީނުތަކުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް
- ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : މިނީ ފްލޭއަރ، ޕެރަޝޫޓް ފްލޭއަރ
- ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 200 މީޓަރ
- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 200 މީޓަރ
- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމި+ން: ސީ.ލެވެލް
- ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ޅ.މާފިލާފުއްޓާއި ދިމާމަތި
ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.
26 ޒުލްޤައިދާ 1442
06 ޖުލައި 2021
06 ޖުލައި 2021
ހޯދާ