އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ޕަމްޕް ސްޓޭޝަން ހޮޅިލައިންގެ ބައެއް މަރާމާތުކުރުން

  1. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ޕަމްޕް ސްޓޭޝަން ހޮޅިލައިންގެ ބައެއް މަރާމާތުކުރުމަށް އަމިއްލަ ތަކެތީގައި ހޮޅިލައިން ހޮޅިލައިން ޔޫ.ޕީ.ވީ.ސީ އިންފަރުމާކޮށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ ކުރެވުނު ނަންބަރު: (IUL)AEH/AEH/2021/22 އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހެޅުމަށް ހާޞިރުވެފައިނުވާތީ މިދެންނެވުނު އިޢުލާން ބާޠިލުކޮށް ބީލަން ހުށަހެޅުމަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
  2. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ޖުލައި 2021 އިން ފެށިގެން 11 ޖުލައި 2021 ވާ ދުވަހުގެ  13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
  3. މި ޢިއުލާނާއި އެކު މަޢުލޫމާތު ޝީޓް، އެނެކްސް 1، ބީލަން ފޯމް އަދި ރެޖިސްޓްރޭޝަން ފޯމް ގެޒެޓް ކުރެވިފައިވާނެއެވެ.
  4. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 11 ޖުލައި 2021 ވާ ދުވަހުގެ 14:15ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ.
  5. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 14 ޖުލައި 2021 ވާ ދުވަހުގެ 13:30 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.
  6. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.
05 ޖުލައި 2021
ހޯދާ