އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.މާޅޮހު ފަލާޙް މިސްކިތު ވިނައިލް ފްލޯރިންގ އަޅައިދޭނެ ފަރާތެއް ހޯދުން

                                                    ނަންބަރު: (IUL)345-CAA/345/2021/153

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

އއ.މާޅޮހު ފަލާޙް މިސްކިތު ވިނައިލް ފްލޯރިންގ އަޅައިދޭނެ ފަރާތެއް ހޯދުން:

މި ކައުންސިލުން ދައްކާ ނަމޫނާއާ އެއްގޮތަށް އއ.މާޅޮހު ފަލާޙް މިސްކިތުގައި ވިނައިލް ފްލޯރިންގ އަޅާއިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބިޑް ރަޖިސްޓްރީ ކުރުން:

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮސް ކައުންސިލުގައި ބީލަން ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން އިން 12 ޖުލައި 2021 ވާ ހޯމަ އާއި ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އާއި ދެމެދުއެވެ. އަދި އއ.މާޅޮސް ކައުންސިލަށް ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީބިޑް ބައްދަލުވުން:

މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 13 ޖުލައި 2021 ވާ އަންގާރަ ދުވަހު 10:00 ގައި، އއ.މާޅޮސް ކައުންސިލްގެ އިދާރާ، އއ.މާޅޮސް، ދިވެހިރާއްޖެ ގައެވެ.

ބިޑް ހުޅުވުން:

މި މަޝްރޫޢުގެ ބިޑް ހުޅުވުން އޮންނާނީ 02 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ 13:00 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

އިތުރު މަޢުލޫމާތު ސާފުކުރުން:

މި އިޢުލާނާއެކު މި މަސައްކަތުގެ މައުލޫމާތު ޝީޓު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 01 އޮގަސްޓް 2021 ވާ (އާދިއްތަ) ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. [email protected]

05 ޖުލައި 2021
ހޯދާ