ދިވެހިރާއްޖެ
ލ.ގަން ޒޯން ސްޓޭޑިއަމް ގޯތިތެރޭގައި ހުރި ފުނަގަސްތައް ސިޓީލާ ނީލަމުގައި ވިއްކާލާގޮތަށް ވަނީހަމަޖެހިފައެވެ. އެހެންކަމުން ގަސްތަކައް ދެވިފައިވާ ނީލަން ނަންބަރު، ގަސްތަކުގެތަފްޞީލް، ނީލަން ފެށޭއަގު އަދި ނީލަމައް އިތުރުކުރެވޭނެ އެންމެކުޑައަގު އެގޭގޮތަށް ތިރީގައިއެވަނީއެވެ.
ނީލަން ނަންބަރު |
ގަސްތަކުގެ ތަފްޞީލް |
ނީލަން ފެށޭއަގު |
އިތުރުކުރެވޭނެ އެންމެކުޑަ އަގު |
A-1 |
22 ގަސް ފުނަ އެކިވަރުގެ ފަލަގަސް |
11000/- |
1100/- |
A-2 |
16 ގަސް ފުނަ އެކިވަރުގެ ފަލަގަސް |
6400/- |
600/- |
A-3 |
31 ގަސް ފުނަ އެކިވަރުގެ ފަލަގަސް |
12400/- |
1200/- |
A-4 |
14 ގަސް ފުނަ އެކިވަރުގެ ފަލަގަސް |
7000/- |
700/- |
A-5 |
58 ގަސް ފުނަ އެކިވަރުގެ ފަލަގަސް |
23200/- |
2000/- |
ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވާންޖެހޭނެއެވެ. ރަޖިސްޓްރީވުމަށް 3000/- (ތިންހާސް ރުފިޔާ) ގެ ފީއެއްދައްކަންޖެހޭނެއެވެ. ނީލަމް ރަޖިސްޓްރީވުމަށް ދެއްކި ފައިސާ ނީލަން ނިމުމުން ރަސްމީ 14 ދުވަހުގެ ތެރޭގައި ހަވާލުކުރެވޭނެއެވެ. ނީލަންކާމިޔާބުކުރާ ފަރާތްތަކާއި ފައިސާ ހަވާލުކުރާނީ ނީލަން ނިމުމުން، ނީލަން ކާމިޔާބުކުރި އަގު މިއިދާރާއަށް ދެއްކުމުންނެވެ.
ނީލަމައް އަގު ހުށަހަޅާނީ ރަސްމީ ކޮންމެ ދުވަހެއްގެ 12:00 ގެކުރިން "ސިޓީން އަގު ހުށަހަޅާ ފޯމު" ފުރިހަމަކުމަށްފަހު، އެ ފޯމު، ސިޓީ އުރައެއްގައި ބަންދުކޮށްފައި، މި އިދާރާގެ ކައުންޓަރުގައިވާ ފޮއްޓަށް ލުމުން އަގުހުށެއެޅުނީ އަގުހުށަހަޅާ ސިޓީ އުރަގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަން، ފޯމު ހުށަހެށި ތާރީޚާއި، ގަޑި، ލިޔެފައި އޮއްނަންވާނެ އެވެ. އަގު ހުށަހަޅާ ފޯމު މި އިދާރާގެ ކައުންޓަރުންއާއި މި އިދާރާގެ ވެބްސައިޓް www.gan.gov.mv އިން ލިބެން ހުންނާނެވެ.
ކޮންމެ ދުވަހެއްގެ 12:00 އާއި ހަމައަށް ހުށަހަޅާ އެންމެމަތީއަގު އެދުވަހެއްގެ 14:00 ގައި މިއިދާރާގެ ނޯޓިސްބޯޑާއި، މިއިދާރާގެ ފޭސްބުކްޕޭޖުގައި އާއްމުކުރެވޭނެއެވެ. ނީލާމަށް ހުށަހަޅާ އަގު ޖެހިޖެހިގެން 48 (ސާޅީސް އަށެއް) ގަޑިއިރުވަންދެން އެއް އަގެއް އޮވެއްޖެ ނަމަ އެއަގަކަށް ނީލަން ނިންމާލެވޭނެއެވެ.
ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 (ތިން) ދުވަހުގެ ތެރޭގައި މި އިދާރާއަށް ދައްކައި ޚަލާޞް ކުރަންވާނެއެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞް ނުކޮއްފިނަމަ އެ މުދަލެއް އަލުން ނީލަންކިޔޭނެއެވެ. ނީލަން ރަޖިސްޓްރީ ވުމަށްދެއްކި ރަޖިސްޓްރޭޝަންފީ ނީލަމަށްފައިސާނުދައްކައިގެން އަލުން ނީލަންކިޔާ މަރުހަލާ ފެށުމުން އެފައިސާއެއް ނުލިބޭނެއެވެ. ފުނަގަސްތަށް ނީލަންކާމިޔާބުކުރާ ފަރާތުން ގަސްތަށް ބުޑާއެކުނަގާ 30 ދުވަހުގެ ތެރޭ ގަހުގެ ހުރިހާ ބައިތަކެއް ގޯތިންނެރެ ނިންމަންވާނެއެވެ. ފުނަގަސްތަކާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ އ.ކައުންސިލް އެގްޒެކެޓިވް ހުސައިން އިބްރާހިމްގެ ނަންބަރ 6801019 އާގުޅުއްވުން އެދެމެވެ.