މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު (15/2008) މުރާޖާކޮށް އައު ބިލެއް ފަރުމާކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު (15/2008) މުރާޖާކޮށް އައު ބިލެއް ފަރުމާކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް – ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރު.އެފް.ޕީ)

 

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު (15/2008) މުރާޖާކޮށް އައު ބިލެއް ފަރުމާކުރުމަށް ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ކޮންސަލްޓެންސީ ފާރމެއް ހޯދަން ބޭނުންވެއެވެ. މި ކޮންސަލްޓެންސީ ހިދުމަތް ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަށް އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތުގެ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ އާރު.އެފް.ޕީގައި ބަޔާން ކުރެވިފައިވާނެއެވެ.

ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 8 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގެ ކުރިން މިކައުންސިލުގެ އީމެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

ކުންފުނީގެ ނަން

ގުޅޭނެ ފޯނު ނަންބަރު

އީމެއިލް އެޑްރެސް

މެއިލް ފޮނުވާ ފަރާތުގެ ނަން

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995 ނަންބަރު ފޯނަށެވެ..

05 ޖުލައި 2021
ހޯދާ