ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި މަދަނީ އަދި ޢާއިލީ މައްސަލައިގެ ޝަރީޢަތްތަކާއި ކައިވެނިތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމުގެ އުޞޫލު

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި މަދަނީ އަދި ޢާއިލީ މައްސަލައިގެ ޝަރީޢަތްތަކާއި ކައިވެނިތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމުގެ އުޞޫލު

ތަޢާރަފާއި ނަން 

1.

(ހ)

 

މިއުޞޫލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ 156ވަނަ މާއްދާގެ ދަށުން ކޯޓަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން، ދައުލަތުން އިޢުލާންކުރެވިފައިވާ ކާރިޘާގެ ވަގުތުތަކުގައި އާއި ޢާއްމު ހާލާތްތަކުގައި މިކޯޓުގެ މަސައްކަތްތަކުގެ ތެރެއިން މަދަނީ އަދި ޢާއިލީ މައްސަލައިގެ ޝަރީޢަތްތަކާއި ކައިވެނިތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންދިއުމަށްޓަކައި ހަދާފައިވާ އުޞޫލެކެވެ

 

 

(ށ)

މި އުޞޫލަށް ކިޔާނީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި މަދަނީ އަދި ޢާއިލީ މައްސަލާގެ ޝަރީޢަތްތަކާއި ކައިވެނިތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމުގެ އުޞޫލު" މިހެންނެވެ.

 

 

 

 

މަޤްޞަދު

2.

މި އުޞޫލުގެ މަޤްޞަދަކީ، އަވަސްކަމާއެކު ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ޚިދުމަތް މެދު ނުކެނޑި ކަށަވަރު ކުރުމާއި އަދި އަދުލު އިންޞާފު ޤާއިމު ކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މުވައްޒަފުންނަށާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ރައްކާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމެވެ.

 

 

 

 

އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ

3.

(ހ)

އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ އަކީ، އަޑު ނުވަތަ އަޑާއި މަންޒަރު ލިބޭގޮތަށް ގުޅާ ލެވިފައިވާ ވިއުގައެއް މެދުވެރިކޮށް ދެ ކޯޓެއްގެ ދެމެދުގައި، ނުވަތަ ކޯޓާއި ކޯޓުން ޤަބޫލުކުރާ ތަނަކާއި ނުވަތަ ފަރާތްތަކަކާއި ދެމެދުގައި ކުރެވޭ މުވާޞަލާތެވެ.

 

 

 

އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސް ކުރިއަށް ގެންދެވޭނެ ޙާލަތްތައް

4.

(ހ)

އަންނަނިވި ޙާލަތްތަކުގައި، ދަޢުވާ ކުރާފަރާތާއި ދަޢުވާ ލިބޭ ފަރާތުގެ ޙައްޤުތަކަށް އުނިކަމެއް ނާންނާނެ ފަދައިން، އަވަސް ކަމާއެކު ޢަދުލު އިންޞާފު ޤާއިމުކޮށްދިނުމުގެ ގޮތުން، ޝަރީޢަތުގެ މަޖިލިސްތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވިދާނެއެވެ.

 

1.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މީހުން ބޭރަށް ނުކުތުން މަނާކުރެވިފައިވާ ހާލަތެއް ކަމާގުޅޭ ދައުލަތުގެ އިދާރާއަކުން ރަށުގައި އިޢުލާނުކޮށްފައިވުން.

 

 

 

2.

ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން، މައްސަލައިގެ ޚަޞްމަކަށް ޝަރީޢަތް އޮތް ކޯޓު ހުރި ރަށަށް ހާޟިރުވެވެން ނެތުން.

 

 

 

3.

ރަށުގެ އެލަރޓް ލެވެލް އޮތް ޙާލަތަށް ބަލާއިރު، މައްސަލައިގެ ޚަޞްމުންނާއި ހެކީން އަދި އެހެނިހެން ފަރާތްތައް ކޯޓަށް ޙާޟިރުކޮށްގެން ޝަރީޢަތް ކުރުމަކީ ރައްކާތެރިކަމެއް ކަމަށް ފަނޑިޔާރަށް ނުފެނުން.

 

 

 

4.

ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން ނުވަތަ އެނޫންވެސް މަޤުބޫލު ޢުޛުރަކާހުރެ މައްސަލައިގެ ހެއްކެއް ޙާޟިރު ކުރުމަށް ދަތިވުން.

 

 

 

5.

ދަތުރުފަތުރުގެ ކުރުމުގެ ނިޒާމް އޮތްގޮތުން ނުވަތަ މިނޫންވެސް އެހެން ސަބަބެއް އޮތުމާއެކު މައްސަލައިގެ ޚަސްމުންނަށް ކޯޓަށް ޙާޟިރުވުމުގެ ދަތިތަކެއް ހުރުމުގެ ސަބަބުން މައްސަލަ ކުރިއަށް ނުގެންދެވި ދިގު މުއްދަތެއް ހޭދަވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެ ހާލަތެއް ނުވަތަ މައްސަލައިގެ ޚަޞްމަކަށް ލިބިދާނެ ތަކްލީފު ދުރުކުރުމުގެ ގޮތުން މައްސަލަ ބައްލަވާ ފަނޑިޔާރަށް ފެނިއްޖެ ހާލަތެއް ކަމުގައިވުން

 

 

 

6

ގައުމުގައި ކާރިޘާ އިޢުލަނުކުރެވިފައިވާ ވަގުތުގައި ފަނޑިޔާރަށް އެ ވަގުތުގެ ހާލަތަށް ރިޢާޔަތްކުރުމަށްފަހު އެފަދަ ފުރުޞަތެއް ދިނުން

 

 

 

7

މިނޫންވެސް ދިމާވާ ހާލަތެއްގެ ސަބަބުން މައްސަލަ ބައްލަވާ ފަނޑިޔާރަށް ފެނިއްޖެ ހާލަތަކަށްވުން

 

 

(ށ)

މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފަނޑިޔާރު ހުރި ރަށް ނޫން އެހެން ރަށެއްގެ ކޯޓެއްގައި އޮތް މައްސަލައެއް ބެލުމަށް އެރަށަކަށް ފަނޑިޔާރު ދިއުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ޤަބޫލު ކުރެވޭނަމަ، އޭނާ ޙަވާލުވެ ހުރި އެހެން ކޯޓެއްގައި އޮތް މައްސަލައެއްގެ ޝަރީޢަތް އޭނާގެ ވަޒީފާ އޮތް ކޯޓުގައި ހުރެގެން، އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންދެވިދާނެއެވެ. މިގޮތަށް މައްސަލަ ބަލާއިރު، އެމައްސަލަ ކުރިއަށް ގެންދެވޭނީ މައްސަލަ ހުށަހެޅިފައިވާ ކޯޓުގެ ޝަރީޢަތުގެ މަޖިލީހެއްގެ ގޮތުގައެވެ.

 

 

 

ކުރިއަށް ގެންދާނެ މައްސަލަތައް

5.

 

(ހ) މަދަނީ އަދި ޢާއިލީ މައްސަލަތަކުގެ ތެރެއިން ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވަރިކޮށް އެމައްސަލައެއް ހިންގުން ހުއްދަކުރެވިފައިނުވާ މައްސަލަތައް ފިޔަވައި މަދަނީ ޢާއިލީ އެންމެހައި މައްސަލަތައް.

 

 

 

(ށ) ކައިވެނިކޮށް ދިނުމުގެ އިތުރުން މަދަނީ އަދި އާޢިލީ މައްސަލަތަކުގެ ތެރެއިން  ކުޑަކުދިންނަށް ކުރާ އެކި އެކި ގޯނާއާގުޅޭ މައްސަލަތަކާއި، ގެވެށިއަނިޔާއާއި، ވަރި ސާބިތުކުރުމުގެ މައްސަލަތަކާއި،  ދަރީންގެ ޚަރަދާއި، ވަގުތީ އަމުރާއި ގުޅޭ މައްސަލަތައް ކުރިއަށް ގެންދެވިދާނެއެވެ.

 

 

 

(ނ) މި މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ މައްސަލާގެ އިތުރުން މިނޫންވެސް އަވަސް ތަބީޢަތުގެ މައްސަލަތައް މިއުޞޫލުގެ ދަށުން ކުރިއަށް ގެންދެވިދާނެއެވެ.

އެއް މަޖިލީހެއްގައި ތިބިކަން އިފްތިރާޟް ކުރުން

6.

(ހ)

ޝަރީޢަތުގެ މަޖިލިސް ކުރިއަށް ގެންދާއިރު، ޝަރީޢަތް ހިންގާ ކޯޓުގެ ޝަރީޢަތުގެ މާލަމާއި، ގުޅިފައިވާ އެހެން ތަންތަނުގައި ތިބޭ މީހުންގެ، އިވުމުގެ ތެރެއިން ނުވަތަ އިވުމާއި ފެނުމުގެ ތެރެއިން ޝަރީޢަތުގެ މާލަމާއި އެހެން ތަންތަނުގައި ހިނގާ ކަންކަން ދާކަމުގައި ވަނީނަމަ، ޝަރީޢަތް ހިންގާ ކޯޓުގެ ޝަރީޢަތުގެ މާލަމާއި ގުޅިފައިވާ އެންމެން އެތިބީ އެއް ޙާޟިރުގައެވެ. އަދި ގުޅިފައިވާ ތަންތަނުގައި ތިބި އެންމެން އެތިބީ މައްސަލަ ހުށަހެޅިފައިވާ ކޯޓުގައި ޝަރީޢަތް ހިންގަން އިންނަ ފަނޑިޔާރުގެ ކުރިމަތީގައެވެ.  

 

 

(ށ)

މިމާއްދާގެ (ހ) ގައިވާ ފަދައިން، ޝަރީޢަތް ހިންގާ މާލަމާއި އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅާލެވޭ ތަންތަނުގައި ތިބި އެންމެންނަކީ އެއް ޙާޟިރުގައި ތިބި ބައެއްކަމަށް ބަލަންޖެހޭތީ، ޝަރީޢަތް ހިންގުމުގެ ހުރިހާ ޢާންމު އުޞޫލުތަކެއް އެތަންތަނުގައި ތިބޭ މީހުންގެ މައްޗަށްވެސް ހިނގާނެއެވެ. އަދި އެއިން ފަރާތަކުން ކޯޓުގެ ޙުރުމަތް ކެނޑޭފަދަ އެއްވެސް ޢަމަލެއް ކޮށްފިނަމަ، އެފަރާތަކާ މެދު ވަގުތުން ފިޔަވަޅު އެޅުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.

 

 

 

 

އަޑުއެހުމަށް ހާޟިރުވާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތް ކުރުން

7.

(ހ)

އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅާލެވިފައިވާ ކޯޓަކަށް ނުވަތަ ކޯޓުން ޤަބޫލުކުރާ ތަނެއްގައި ހުރެ ކޯޓާ ގުޅާލައިގެން ހިންގާ ޝަރީޢަތުގެ މަޖިލީހެއްގައި ހާޟިރުވެތިބޭ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި އަންނަނިވި ކަންކަން ކޯޓުން ކަށަވަރު ކުރަންވާނެއެވެ.    

 

 

 

1.

ޙާޟިރުކުރެވެނީ ކޯޓަކަށް ކަމުގައިވާނަމަ، އެ މަޖިލީހުގައި ޙާޟިރުވެއިން ފަރާތަކީ ކާކުކަން އެ މަޖިލީހުގައި އިންނަ ކޯޓުގެ މުވައްޒަފު މެދުވެރިކޮށް ކަށަވަރު ކުރުން.

 

 

 

2.

ޝަރިޢަތުގެ މަޖިލީހުގައި ބައިވެރިވަނީ ކޯޓަކަށް ޙާޟިރު ނުވެ ކަމަށްވާނަމަ، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން އެއީ ކޮންބައެއްކަން ކަށަވަރުކޮށް އެކަން ރިކޯޑުކުރުން.

 

 

 

3.

ޝަރީޢަތުގެ އަޑުއެހުން ފެށުމުގެ ކުރިން މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ކޮންފަރެންސްގެ އަޑު، ނުވަތަ އަޑާއި މަންޒަރު ސާފުކޮށް ލިބޭކަން ކަށަވަރު ކުރުން.

 

 

 

4.

މައްސަލައާ ގުޅިގެން ޙާޟިރުކުރެވޭ ފަރާތެއްގެ މައްޗަށް އެއްވެސް ފަރާތެއްގެ ބާރެއް ނުފޫޒެއްނެތި މިނިވަންކަމާއެކު ވާހަކަ ދެއްކުމުގެ ފުރުޞަތު ތަނަވަސްކޮށް ދެވިފައިވާކަން ކަށަވަރު ކުރުން.

 

 

 

5.

އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ހިންގާއިރު، މައްސަލައިގެ ޚަޞްމުންނާއި ވަކީލުން ބައިވެރިވާކަމަށްވެފައި، ޚަޞްމުންނާއި ވަކީލުން ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވަނީ ދެ ތަނެއްގައި ތިބެގެން ކަމަށްވާނަމަ، އެ ދެފަރާތުގެ މެދުގައި މަޝްވަރާ ކުރުމުގެ ފުރުޞަތު ލިބިފައިވާކަން ޝަރީޢަތުގެ އަޑުއެހުން ފެށުމުގެ ކުރިން ކަށަވަރުކުރުމާއި ޝަރީޢަތުގެ މެދުތެރެއިންވެސް އެފަދަ ފުރުޞަތަކަށް އެދިއްޖެނަމަ އެފުރުޞަތު ދެވިދާނެކަން އެންގުން.

 

 

 

6.

ޝަރީޢަތް އަޑުއެހުމަށް ޙާޟިރުވާން ބޭނުންވާ ފަރާތްތަކުން ޝަރީޢަތުގެ މަޖިލިސް ބޭއްވުމުގެ 1 ގަޑިއިރު ކުރިން ކޯޓަށް އެކަން އެންގުމުން، ކޯޓުން އެފުރުޞަތު ފަހިކޮށް ދިނުން.

 

 

 

 

ޝަރީޢަތާ ގުޅުން ހުރި އެހެނިހެން ކަންކަން

8.

(ހ)

އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ ޝަރީޢަތަށް ޙާޟިރު ވުމުގެ އަމުރު، އެ މަޖިލީސް އަޑު އަހަން ވަންނަ މީހުން ފިޔަވައި އެ މަޖިލީހުގައި ބައިވެރިވާންޖެހޭ ހުރިހާ ފަރާތްތަކަށް ފޮނުވަން ވާނެއެވެ. އެއަމުރުގައި ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވާންޖެހޭ ގޮތް ލިޔެފައި އޮންނަންވާނެއެވެ. މިއަމުރުގެ ނަމޫނާ ޖަދުވަލު 3 އަދި 4 ގައި އެވަނީއެވެ.

 

 

(ށ)

ބިސްމީގެ ބަރަކާތުން ޝަރީޢަތުގެ މަޖިލިސް ފެށުމަށްފަހު، އެއީ ކޮން ބާވަތެއްގެ ޝަރީޢަތުގެ މަޖިލީހެއްކަމާއި އަދި އެ މަޖިލީހުގައި އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅިފައިވަނީ ކޮންތަންތަނެއްގައި ތިބި ކޮންބައެއްކަން ފަނޑިޔާރު އިޢުލާނު ކުރަންވާނެއެވެ.

 

 

(ނ)

ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވާ ފަރާތްތަކުން އަންނަނިވި ގޮތަށް ޢަމަލު ކުރުމަކީ މަނާކަމެކެވެ.

 

 

 

1.

ޝަރީޢަތް ހިނގަމުން ދަނިކޮށް، މައްސަލަ ބަލާ ފަނޑިޔާރުގެ ހުއްދަނެތި ޝަރީޢަތް ދޫކޮށް ދިއުން.

 

 

 

2.

ޝަރީޢަތް ހިނގަމުންދަނިކޮށް، މައްސަލަ ބަލާ ފަނޑިޔާރުގެ ހުއްދަ ނެތި އިތުރު އެއްވެސް މީހަކު ޝަރީޢަތުގެ މާލަމަށް ނުވަތަ އޭނާ ޙާޟިރުވެ އިންތަނަށް ވެއްދުން.

 

 

 

3.

މައްސަލަ ބަލާ ފަނޑިޔާރުގެ ހުއްދަނެތި އެއްވެސް ވާހަކައެއް ޝަރީޢަތުގެ މަޖިލީހުގައި ދެއްކުން.

 

 

 

4.

މައްސަލަ ބަލާ ފަނޑިޔާރުގެ ހުއްދަނެތި ޝަރީޢަތުގެ މާލަމަށް އެއްވެސް އެއްޗެއް ވެއްދުމާއި މިނޫންވެސް ޝަރީޢަތް ހިންގުމަށް ދަތިވާ ނުވަތަ އުނދަގޫ ވެދާނެ ފަދަ ކަންކަން ކުރުން.

 

 

 

5.

ޝަރީޢަތުގެ މަޖިލީހުގެ އަޑު ނުވަތަ މަންޒަރު ރިކޯޑުކޮށް ފޮޓޯނެގުން.

 

 

(ރ)

މިމާއްދާގެ (ނ) ގައިވާ ފަދަ ކަމެއް އެއްވެސް މީހަކު ކޮށްފިނަމަ، އެ މީހަކާމެދު ކޯޓުގެ ޙުރުމަތް ކެނޑުމާއިގުޅިގެން އެޅިދާނެ ފިޔަވަޅު އެޅުމުގެ އިތުރުން، އެމީހަކާއެކު އިތުރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ނުގެންދިއުމަށް ނިންމުމުގެ އިޚްތިޔާރު މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެން ވެއެވެ.

 

 

(ބ)

އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅާލެވޭ ތަންތަނުގައި މައްސަލަ ބައްލަވާ ފަނޑިޔާރު ހުއްދަދޭ ފަރާތްތަކެއް ފިޔަވައި އިތުރު ފަރާތެއް ހާޟިރުވެ ހުރެގެން ނުވާނެއެވެ.

 

 

(ޅ)

ޝަރީޢަތް ކުރިއަށް ދަނިކޮށް، އަޑު ނުވަތަ އަޑާއި މަންޒަރު ނުސާފު ވުމުގެ ސަބަބުން މެދު ކަނޑާލަން ޖެހިއްޖެ ހިނދެއްގައި މެދުކަނޑާލި ހިސާބާހަމައަށް ރިކޯޑު ކުރެވިފައިވާނަމަ، ޝަރީޢަތް ކުރިއަށް ގެންދަންވާނީ މެދުކަނޑާލި ހިސާބުންނެވެ. ނަމަވެސް، ރިކޯޑު ކުރެވިފައި ނުވާނަމަ، ޝަރީޢަތް އަލުން ފަށައިގެން ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެން ވެއެވެ.

 

 

 

 

ހެކިން ޙާޟިރުކުރުމާއި މަޙްޟަރު ބަޔާންތައް ނެގުން

9.

(ހ)

މި އުޞޫލުގެ ދަށުން ބާއްވާ ޝަރީޢަތުގެ އަޑުއެހުންތަކުގައި އަޑުއެހުން ރެކޯޑް ކުރާނީ ޝަރީޢަތް ހިންގާ ކޯޓުންނެވެ. އަދި އަޑުއެހުމުގައި ނަގާ ބަޔާންތައް ޓައިޕް ކުރާނީވެސް ޝަރީޢަތް ހިންގާ ކޯޓުންނެވެ.

 

 

(ށ)

މިމާއްދާގެ (ހ) ގައި ބުނެފައިވާ ބަޔާންތަކުގެ ތެރެއިން ހެކީންގެ ބަޔާން ފިޔަވައި އެހެން ބަޔާންތައް، ރިކޯޑިން އަޑުއަހައިގެން އަކުރުން އަކުރަށް ލިޔުމަށްފަހު، އެއީ، ރެކޯޑިންގ އާ އެއްގޮތަށް އަކުރުން އަކުރަށް ލިޔުނު ލިޔުމެއް ކަމަށް ލިޔެ، ބަޔާން ލިޔުނު މުވައްޒަފު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހަންވާނެއެވެ.

 

 

(ނ)

ހެކީންގެ ބަޔާންތަކުގައި ހެކީން ލައްވައި ސޮއި ކުރުމަށްޓަކައި އީމެއިލް ނުވަތަ ކޯޓުން ކަނޑަޅާ އެހެން ވަޞީލަތެއް މެދުވެރިކޮށް، ހެކިވެރިޔާއަށް ފޮނުވަންވާނެއެވެ. އަދި އޭނާ ސޮއިކުރި ބަޔާން ކޯޓުގެ އީމޭލަށް ނުވަތަ ކޯޓުން އަންގާ ގޮތެއްގެ މަތީން ކޯޓަށް ފޮނުވަންވާނެއެވެ. 

 

 

(ރ)

މި މާއްދާފެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރެވެން ނެތް ހާލަތުގައި އާއި އެނޫންވެސް ސަބަބެއް މެދުވެރިވެގެން މައްސަލައިގެ ދިގު މުއްދަތެއް ހޭދަވާނެކަމަށް ފަނޑިޔާރަށް ލަފާކުރެވޭނެނަމަ އެފަދަ ހާލަތުގައި ސޮއި ނުކުރެވޭ ބަޔާނުގައި ޝަރީޢަތުގެ ހެކިބަސް އަދާކުރާ މަޖިލީހުގައި ބައިވެރިވި ކޯޓު އޮފިސަރ އާއި ބަޔާން ޓައިޕްކުރި މުވައްޒަފު ސޮއި ކުރުމުން އެފަދަ ބަޔާނެއް ޝަރީޢަތުން ބަލައިގަތުން.

 

 

(ބ)

މި އުޞޫލުގެ ދަށުން ހިންގޭ ޝަރީޢަތުގެ މަޖިލިސް ތަކަކީ ޚާއްޞަ ޙާލަތެއްގައި ޚާއްޞަ ގޮތެއްގެ މަތީން ހިންގޭ ޝަރީޢަތްތަކެއް ކަމަށްވާތީ، މިފަދަ ޝަރީޢަތްތަކާއި ގުޅިގެން ހިންގޭ (އީމެއިލް، ވައިބަރ ފަދަ) އެންމެހާ މުޢާމަލާތައް، އަދި އެންމެހާ ބަޔާންތަކާއި އެ ބަޔާންތަކުގައި ސޮއިކުރުމަށްފަހު ކޯޓަށް ފޮނުވަން ބޭނުންކުރި (ސިޓީތަކާއި އީމެއިލްގެ ކޮޕީ ފަދަ) ވަޞީލަތްތައް ވަކީން ފައިލްކޮށް ރައްކާކުރަންވާނެއެވެ  

 

 

(ޅ)

މިއުޞޫލުގެ ދަށުން ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކާއި ކައިވެނީގެ މަޖިލިސްތައް، އެމަޖިލީހެއް ބާއްވާ މީޑިއަމަކުން ރިކޯޑުކޮށް ރައްކާކުރަންވާނެއެވެ.

 

 

(ކ)

މިއުޞޫލުގެ ދަށުން ހިންގޭ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވޭ ހެއްކެއްގެ ސިއްރުކަން ކަށަވަރު ކުރަންޖެހޭނަމަ، އެކަމަށް ކޯޓުން ސަމާލުކަން ދޭންވާނެއެވެ.

 

 

 

 

ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކައިވެނިކޮށް ދިނުން

10.

(ހ)

އަންނަނިވި ޙާލަތްތަކުން ކުރެ ޙާލަތެއް މެދުވެރި ވެފައިވުމުގެ ސަބަބުން ކޯޓަށް ޙާޟިރުކޮށްގެން ކައިވެނި ކޮށްދެވެން ނެތްކަމަށް ކޯޓާ ޙަވާލުވެހުރި ފަނޑިޔާރަށް ޤަބޫލު ކުރެވޭނަމަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކައިވެނިކޮށްދެވިދާނެއެވެ. 

 

 

 

1.

ގައުމުގައި ކާރީޘާގެ ހާލަތު އިޢުލާނުކުރެވިފައިވާ ވަގުތަކަށްވުން

 

 

 

ހ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މީހުން ބޭރަށް ނުކުތުން މަނާކުރެވިފައިވާ ހާލަތެއް ކަމާގުޅޭ އިދާރާއިން ރަށުގައި އިޢުލާނުކޮށްފައިވުން.

 

 

 

ށ.

ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން، ކައިވެނިކުރަން ހުށަހަޅާފައިވާ ފަރާތުންކުރެ ފަރާތަކަށް، ހުށަހަޅާފައިވާ މުއްދަތަށް ރަށަށް ހާޟިރުވެވެން ނެތުން. 

 

 

 

ނ.

ރަށުގެ އެލަރޓް ލެވެލް އޮތް ޙާލަތަށް ބަލާއިރު ކައިވެނީގެ މަޖިލީހުގައި ބައިވެރިވާންޖެހޭ ފަރާތްތައް ކޯޓަށް ޙާޟިރުކޮށްގެން ކައިވެނިކޮށްދިނުމަކީ ރައްކާތެރިކަމެއްކަމަށް ކައިވެނީގެ ރަޖިސްޓްރާރ ނުވަތަ ކޯޓު ހިންގުމާއި ހަވާލުވެހުންނެވި ފަނޑިޔާރަށް ނުފެނުން

 

 

 

ރ.

ބުނެވިދިޔަ ޙާލަތުގެ ސަބަބުން ކައިވެނި ކުރުމަށް ހުށަހަޅާ ދެފަރާތުންމެ، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކައިވެނިކޮށް ދިނުމަށް އެދުން.

 

 

 

2.

ޢާއްމު ހާލަތުގައި:

 

 

 

ހ.

ކައިވެނިކޮށް ދިނުމަށް ހުށަހަޅާ ރަށުގައި ފަނޑިޔާރަކު، ޝަރުޢީ މައުޛޫނަކު ނެތި އަދި އެރަށަށް ފަނޑިޔާރަކަށް ދަތުރު ކުރެވެން ނެތުން.

 

 

(ށ)

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކައިވެނިތަކުގެ ދަފްތަރެއް ވަކިން ބަލަހައްޓަންވާނެއެވެ. އަދި މި ކައިވެނި ތަކާ ގުޅިގެން ކޮށްފައިވާ މުޢާމަލާތްތައް ކޮށްފައިވަނީ މީސްމީޑިއާއިންނަމަ، ފޯނުގެ ސްކްރީން ޝޮޓް އަދި އީމެއިލުންނަމަ، އީމެއިލްގެ ޕްރިންޓް ފައިލްކުރަންވާނެއެވެ.

 

 

(ނ)

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކައިވެނީގެ މަޖިލީހުގައި ބައިވެރިވާން ވާނީ ކޯޓުން ހުއްދަ ދޭ ފަރާތްތަކުން އެކަންޏެއެވެ. އަދި މިފަރާތްތައް ތިބީ ކޯޓެއްގައި ނޫން ކަމުގައި ވިޔަސް އެފަރާތްތަކުގެ ޢަމަލުތައް ބަހައްޓަންވާނީ ކޯޓުގެ ޙުރުމަތް ނުގެއްލޭ ފަދަ ގޮތަކަށެވެ.

 

 

 

 

ކައިވެނިކޮށް ދިނުމުގެ ކުރިން ކަށަވަރު ކުރަންޖެހޭ ކަންކަން

11.

(ހ)

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ބޭއްވުމުގެ ކުރިން، ކައިވެނި ވާ ދެފަރާތާއި ވަލީވެރިޔާ އަދި ދެހެކީން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ކުރިއަށް ގެންދިއުމާގުޅޭ އިޤްރާރުގައި ސޮއިކޮށް ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން ކޯޓަށް ފޮނުވަންވާނެއެވެ. މި އިޤްރާރުގެ ނަމޫނާ ޖަދުވަލު 02 ގައި އެވަނީއެވެ.

 

 

(ށ)

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދިނުމަށް ނިންމައިފިނަމަ، އެކަން، ކައިވެނިވާ ދެފަރާތަށާއި ވަލީވެރިޔާއަށާއި އަދި ކައިވެނީގެ ދެހެކީންނަށް ގުޅައި އަންގަންވާނެއެވެ. އަދި ކައިވެނީގެ މަޖިލިސް ކުރިއަށް ދާނެ ގޮތާއި އެފަރާތްތަކުން ޢަމަލު ކުރަންޖެހޭނެ ގޮތް ކިޔައިދޭންވާނެއެވެ. އަދި މިކަންކަން އެކުލެވޭ ލިޔުމެން ކައިވެނިވާ ދެ ފަރާތުން އެދޭ ވަޞީލަތެއް މެދުވެރިކޮށް އެދެފަރާތަށް ފޯރުކޮށްދޭން ވާނެއެވެ. 

 

 

(ނ)

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދިނުމުގެ ކުރިން، ކައިވެނިވުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢޫލޫމާތު ސާފުކުރުމަށްޓަކައި ވީޑިއޯ ކޮންފަރެންސް ބައްދަލުވުމެއް ބާއްވަންވާނެއެވެ. އަދި މިބައްދަލުވުމުގައި ކައިވެންޏަށް ހޭލުންތެރި ކުރުމާގުޅޭ ގޮތުން ކޯޓުން ކުރިއަށް ގެންދާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދެވިދާނެއެވެ.

ކައިވެނީގެ މަޖިލިސް ކުރިއަށް ގެންދިއުން

12.

ކައިވެނީގެ މަޖިލިސް ކުރިއަށް ގެންދަންވަނީ އަންނަނިވި ގޮތުގެ މަތީންނެވެ.

 

(ހ)

ކައިވެނީގެ މަޖިލިސް ބޭއްވުމަށް ކޯޓުން ކަނޑައަޅާ ވަގުތެއްގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށް ދިނުމަށް ކޯޓުން ކަނޑައަޅާފައިވާ ޕްލެޓްފޯމަށް ޝަރުޢީ މައުޛޫނާއި ކައިވެންޏާއި ގުޅޭ އެންމެހައި ފަރާތްތައް ޙާޟިރުވާން ވާނެއެވެ.

 

 

(ށ)

ކައިވެނީގެ މަޖިލީހަށް ކޮންމެހެން ޙާޟިރުވާންޖެހޭ ފަރާތްތައް ޙާޟިރުވެ ތިބިކަން ކައިވެނިކޮށްދޭ ޝަރުޢީ މައުޛޫނު ކަށަވަރު ކުރަންވާނެއެވެ. އަދި ޙާޟިރުވެތިބިކަން ލިޔެކިޔުމުން ކަށަވަރުކޮށް މަޙްޟަރު ކުރުމަށްޓަކައި ކޯޓުން އެފަރާތްތަކަށް ފޮނުވާ ކައިވެނީގެ ޙާޟިރީގައި ސޮއިކުރުމަށްފަހު، ކޯޓުން ކަނޑައަޅާ ވަޞީލަތެއް މެދުވެރިކޮށް ކޯޓަށް އެވަގުތު ފޮނުވަންވާނެއެވެ.

 

 

(ނ)

ކައިވެނީގެ މަޖިލީހަށް ޙާޟިރުވާންޖެހޭ އެންމެހައި ފަރާތްތަކަށް އަޑާއި މަންޒަރު ސާފުކޮށް ލިބެމުންދާކަން މައުޛޫނު ކަށަވަރު ކުރަންވާނެއެވެ.

 

 

(ރ)

ކައިވެނީގެ މަޖިލީހުގެ ވަގުތު ޖެހުމުން، ޢާއްމު އުޞޫލުން ކައިވެނީގެ މަޖްލިސް ފަށައި، އެކައިވެންޏާ ބެހޭ މަޢުލޫމާތު އިއްވައި ވަލީއާ ޙަވާލުވާންޖެހޭނަމަ ވަލީއާ ޙަވާލުވާންވާނެއެވެ.

 

 

(ބ)

ޝަރުޢީ މައުޛޫނު، ކައިވެނީގެ ޚުޠުބާ ކިޔައި، ކައިވެނި އަޤުދުކޮށް ދިނުމުން ކައިވެނިވާ ފިރިހެނާ އަނބި ބަލައިގަނެ ބުނާ ޢިބާރާތް އަޑު އަހައި އަދި އެއަޑު އިވުނުތޯ ކައިވެނީގެ ހެކީންނާ ސުވާލުކޮށް ކަށަވަރު ކުރަންވާނއެވެ. 

 

 

(ޅ)

ޝަރުޢީ މައުޛޫނު، ކައިވެނިވާ ދެފަރާތަށް ހެޔޮ ދުޢާކުރުމަށްފަހު ކައިވެނީގެ މަޖިލިސް ނިންމާލުމުގެ ކުރިން އެމަޖިލީހުގައި ހިނގައިދިޔަ ކަންކަން އެމަޖިލީހުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ސާފުވިކަން ކަށަވަރު ކުރަންވާނެއެވެ. 

 

 

 

ކައިވެންޏާ ގުޅިގެން ކުރަންޖެހޭ މުޢާމަލާތްތައް

13.

(ހ)

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކައިވެނިތަކާ ގުޅިގެން މުޢާމަލާތް ކުރަންޖެހޭ ފަރާތްތަކާއި މުޢާމަލާތު ކުރާނީ އެފަރާތްތަކުން ކޯޓަށް ދީފައިވާ މޯބައިލް ނަންބަރަށާއި އަދި އެނަންބަރުތަކުގައި ރަޖިސްޓްރީކޮށްފައިވާ މީސްމީޑިއާ ނުވަތަ ދީފައިވާ އީމެއިލް މެދުވެރިކޮށެވެ.  

 

 

(ށ)

މިގޮތަށް ކޮށްދޭ ކައިވެނިވާ ފަރާތްތަކަށް ދޭ ސެޓިފިކެޓްގެ ބަދަލުގައި ކައިވެންޏާގުޅޭ އަސާސީ މަޢުލޫމާތު ހިމެނޭ ވަގުތީ ލިޔުމެއް، ކައިވެނީގެ ދެފަރާތުގެ އީމެއިލްއަށް ނުވަތަ މީސް މީޑިއާއަށް ފޮނުވަންވާނެއެވެ. މި ލިޔުމުގެ ނަމޫނާ ޖަދުވަލު 01 ގައި އެވަނީއެވެ.

 

 

(ނ)

ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ކައިވެނީގެ އަޞްލު ސެޓްފިކެޓް ކައިވެނިވީ ދެފަރާތަށް ދޫކޮށް، ކައިވެނީގެ މައި ދަފުތަރުގައި އެކައިވެނި ހިމެނެމުން، ކުރިން ދޫކުރި ވަގުތީ ލިއުން ބާޠިލުވާނެއެވެ.

 

 

 

 

އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިން އިޚްތިޔާރު ކުރުމާއި ބޭނުން ކުރާނެ ސޮފްޓްވެއަރ

14.

(ހ)

މިއުޞޫލުގެ ދަށުން ބާއްވާ ކޮންމެ އަޑު އެހުމެއްވެސް، ކުރިއަށް ގެންދިއުމަށް އިސްކަން ދޭންވާނީ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށެވެ. ނަމަވެސް، ބަޔާން ނެގުން ފަދަ ކަންކަން ކުރުމަށާއި އަދި ވީޑިއޯ ކޮންފަރެންސިންގ ޤާއިމު ކުރެވެން ނެތްނަމަ، އޯޑިއޯ ކޮންފަރެންސް ބޭނުންކުރުން މިއުޞޫލު ހުރަހެއް ނާޅައެވެ.

 

 

(ށ)

މިއުޞޫލުގެ ދަށުން ޝަރީޢަތްތަކާއި ކައިވެނީގެ މަޖިލިސް އަދި އެހެނިހެން ކަންކަން ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދާނީ ކައިވެނީގެ ރަޖިސްޓްރާރ  ނުވަތަ ކޯޓު ހިންގުމާއި ޙަވާލުވެހުންނެވި ފަނޑިޔާރު ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

 

 

(ނ)

ހަމައެކަނި އޯޑިއޯ މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދާނަމަ ނުވަތަ ބަޔާން ނަގާނަމަ، ކޯޓުގެ ފޯނުން ކޮންފަރެންސް ކޮށްގެން ކުރިއަށް ގެންދެވިދާނެއެވެ.

 

 

 

 

ކަށަވަރު ކުރަންޖެހޭ ކަންކަން

15.

މިއުޞޫލުގައި ކަށަވަރު ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަންކަން ޚާޞިލު ކުރުމަށްޓަކައި އަންނަނިވި ގޮތްތައް އިޚްތިޔާރު ކުރެވިދާނެއެވެ.

 

 

(ހ)

ޝަރީޢަތުގެ މަޖިލީހުގައި ވީޑިއޯ މެދުވެރިކޮށް ބައިވެރިވާ ފަރާތް ބައިވެރިވަނީ ކޯޓަކަށް ޙާޟިރުވެގެން ކަމަށްވާނަމަ، އޭނާ ޙާޟިރުވާ ކޯޓަށް އޭނާގެ މަޢުލޫމާތު ފޮނުވައި، އެމަޢުލޫމާތާއި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވާ މީހާ ގެންނަ ފޮޓޯ ޖެހި ރަސްމީ ލިޔުމުގައިވާ މަޢުލޫމާތު ކޯޓުގެ މުވައްޒަފަކު މެދުވެރިކޮށް އަޅައިބަލައި ޙާޟިރީގައި ސޮއި ކުރުން.

 

 

(ށ)

ޝަރީޢަތުގެ މަޖިލީހުގައި ވީޑިއޯ މެދުވެރިކޮށް ބައިވެރިވާ ފަރާތް ބައިވެރިވަނީ ކޯޓަށް ޙާޟިރު ނުވެ ކަމަށްވާނަމަ، ޝަރީޢަތުގެ މަޖިލިސް ފެށުމުގެ ކުރިން، އޭނާއާބެހޭ ގޮތުން ކޯޓަށް ލިބިފައިވާ އަސާސީ މަޢުލޫމާތު (ފުރިހަމަ ނަން، ޢާއްމު ނަން، ދިރިއުޅޭ އެޑްރެސް، އުފަން ތާރީޚު، ދރއ. ނަންބަރު) އޭނާ ގާތު އެހުމުން ދޭ ޖަވާބާއި ކޯޓަށް ލިބިފައިވާ މަޢުލޫމާތާއި އަޅައިބެލުން އަދި މިގޮތުން ކުރާ ސުވާލާއި، ސުވާލު ރައްދުވާ ފަރާތުން ދޭ ޖަވާބު މަޙްޟަރު ކުރުން. 

 

 

(ނ)

ޝަރީޢަތުގެ މަޖިލީހުގައި އޯޑިއޯ މެދުވެރިކޮށް ބައިވެރިވާ ފަރާތް ބައިވެރިވަނީ ކޯޓަކަށް ޙާޟިރުވެގެން ކަމަށްވާނަމަ، އޭނާ ޙާޟިރުވާ ކޯޓަށް އޭނާގެ މަޢުލޫމާތު ފޮނުވައި، އެމަޢުލޫމާތާއި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވާ މީހާ ގެންނަ ފޮޓޯ ޖެހި ރަސްމީ ލިޔުމުގައިވާ މަޢުލޫމާތު ކޯޓުގެ މުވައްޒަފަކު މެދުވެރިކޮށް އަޅައިބަލައި ޙާޟިރީގައި ސޮއި ކުރުން.

 

 

(ރ)

ޝަރީޢަތުގެ މަޖިލީހުގައި އޯޑިއޯ މެދުވެރިކޮށް ބައިވެރިވާ ފަރާތް ބައިވެރިވަނީ، ކޯޓަށް ޙާޟިރު ނުވެ ކަމަށްވާނަމަ، ޝަރީޢަތުގެ މަޖިލިސް ފެށުމުގެ ކުރިން، އޭނާއާބެހޭ ގޮތުން ކޯޓަށް ލިބިފައިވާ އަސާސީ މަޢުލޫމާތު (ފުރިހަމަ ނަން، ޢާއްމު ނަން، ދިރިއުޅޭ އެޑްރެސް، އުފަން ތާރީޚު، ދރއ. ނަންބަރު) އޭނާ ގާތު އެހުމުން ދޭ ޖަވާބާއި ކޯޓަށް ލިބިފައިވަ މަޢުލޫމާތާއި އަޅައިބެލުން އަދި މިގޮތުން ކުރާ ސުވާލާއި، ސުވާލު ރައްދުވާ ފަރާތުން ދޭ ޖަވާބު މަޙްޟަރު ކުރުން.

 

 

(ބ)

މައްސަލައިގެ އެންމެހާ ޚަޞްމުންނަށާއި ވަކީލުންނަށް ޝަރީޢަތުގެ އަޑާއި މަންޒަރު ނުވަތަ އަޑު ލިބޭކަން ކަށަވަރު ކުރުމަށްޓަކައި ޝަރީޢަތުގެ އަޑުއެހުން ފެށުމުގެ ކުރިން އެންމެހާ ފަރާތްތަކާއި ސުވާލުކޮށް، އަޑު ނުވަތަ މަންޒަރާއި އަޑު ސާފުކޮށް ލިބޭކަމަށް ބުނާނަމަ އެކަން މަޙްޟަރު ކުރުން

 

 

(ޅ)

ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފަރާތަކީ އެއްވެސް ފަރާތެއްގެ މަޖުބޫރީ އެއްނެތި ވާހަކަ ދައްކާ ފަރާތެއްކަން ކަށަވަރު ކުރުމަށްޓަކައި، އެފަރާތެއް ވާހަކަ ދައްކަން ފެށުމުގެ ކުރިން، އެއްވެސް މަޖުބޫރީ އެއް އޮތް ތޯ ސުވާލު ކުރުމަށްފަހު ދޭ ޖަވާބު މަޙްޟަރު ކުރުން އަދި ޝަރީޢަތުގައި ވާހަކަ ދައްކާ ފަރާތެއް އެވަގުތު ހުރި ތަނުގެ ސަބަބުން ހިނގަމުން ދާ މައްސަލާގައި މިނިވަންކޮށް ވާހަކަ ދެއްކެން ނެތްކަމަށް ކޯޓަށް ފާހަގަވާނަމަ އެކަން ރިކޯޑް ކޮށް އަޑު އެހުން ހުއްޓާލުން. މިސާލަކަށް: ގެވެށި އަނިޔާގެ މައްސަލައެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވަނީ، އަނިޔާދިން ކަމަށް ތުހުމަތުކުރެވޭ ފަރާތުގެ ހިޔާވަހިކަމުގެ ދަށުގައި ހުރެގެން ކަމަށް ވާނަމަ އަޑުއެހުން ކުރިއަށް ނުގެންދިއުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެން ވެއެވެ.

 

 

(ކ)

މައްސަލައިގެ ޚަޞްމަކާއި އޭނާގެ ވަކީލު، އަޑުއެހުމުގައި ބައިވެރިވަނީ، ދެތަނެއްގައި ތިބެގެން ކަމަށްވުމުގެ ފުރުޞަތު އޮތުމާއެކު، އެދެފަރާތަށް ބައްދަލު ކުރުމުގެ ފުރުޞަތު ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، އެފުރުޞަތު ލިބުނުތޯ ޙަޞްމާއި ސުވާލު ކުރުމާއި، ނުލިބޭކަމަށް ވާނަމަ، އަޑު އެހުން ފެށުމުގެ ކުރިން، މުވައްކިލަށާއި ވަކީލު ވަކީން ބައްދަލު ކުރުމަށްޓަކައި ފަނޑިޔާރަށް ފެންނަ ވަގުތެއް ދިނުމާއި، އަދި އަޑުއެހުން ކުރިއަށް ދަނިކޮށްވެސް ވަކިން ބައްދަލުވުމަށް އެދެވިދާނެކަން އަޑުއެހުން ފެށުމުގެ ކުރިން އެންގުން.

 

 

(އ)

ކައިވެނީގެ މަޖިލީހުގެ ޙާޟީރީ ކަށަވަރު ކުރުމަށްޓަކައި، ހާޟިރީގައި ސޮއިކޮށް ފޮނުވުމުގެ އިތުރުން، ކައިވެނިވާ ދެމީހުންނާއި، ވަލީވެރިޔާއާއި ދެހެކީންކުރެ ކޮންމެ މީހަކުވެސް ކައިވެނީގެ މަޖިލިސް ފެށުމުގެ ކުރިން، އެމީހެއްގެ ފުރިހަމަ ނަމާއި، ޢާއްމު ނަމާއި، ދރއ. ކާޑު ނަންބަރާއި، އުފަންތާރީޚާއި ދާއިމީ އެޑްރެސް ބުނުމަށް އެންގުން.

 

 

(ވ)

ކައިވެނީގެ މަޖިލީހުގެ ބައިވެރީންނަށް މަންޒަރާއި އަޑު ރަނގަޅަށް ލިބޭތޯ ސުވާލު ކުރުން.

 

 

(މ)

ކައިވެނި ކޮށްދިނުމާއެކު، ކައިވެނިވާ ފިރިހެނާ އަނބި ބަލައިގަނެ ބުނާ ޢިބާރާތް ދެހެކީންނާއި ވަލީވެރިޔާއަށް އަޑުއިވުނު ތޯ ސުވާލު ކުރުން.

 

 

 

 

މިއުޞޫލުގައި ބުނެފައިނުވާ ކަމެއް ދިމާވުން

16.

 

މިއޫޞުލުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަމާމެދު ޢަމަލު ކުރާނެ ގޮތް ކަނޑައަޅާނީ ކޯޓުގެ ފަނޑިޔާރުންގެ މެދުގައި މަޝްވަރާކުރެވި ނިންމާ ގޮތެއްގެ މަތިންނެވެ. 

ޢަމަލުކުރުން

17.

 

މިއުޞޫލަށް ޢަމަލުކުރާނީ، މިއުޞޫލު ޢާއްމުކުރާ ދުވަހުން ފެށިގެން، މިއުޞޫލަށް ޢަމަލުކުރުން ނިމުމަކަށް ގެނެވިއްޖެކަމަށް ކޯޓުން ޢާއްމުކުރާ ދުވަހާ ހަމައަށެވެ. 

               

 

 

 

 

 

 

 

 

 

 

 

ޖަދުވަލު 1 – ކައިވެނީގެ ވަގުތީ ލިޔުން

`

 

ދިވެހިރާއްޖެ

 

 

ކާވެނީގެ ވަގުތީ ލިޔުން

 

                                                      ލިޔުން ނަންބަރު:

 

ފިރިމީހާ                                  އަނބިމީހާ

ފުރިހަމަ ނަން (އާއްމުނަމާއިއެކު):                      ފުރިހަމަ ނަން (އާއްމުނަމާއިއެކު):                                 

ދާއިމީ އެޑްރެސް:                                ދާއިމީ އެޑްރެސް:                               

އައިޑީ ކާޑު ނަންބަރު:                             އައިޑީ ކާޑު ނަންބަރު:

އުފަން ތާރީޚް:                                 އުފަން ތާރީޚް:

 

ހެކިން                              ވަލީވެރިޔާ

ފުރިހަމަ ނަން:                                 ފުރިހަމަ ނަން:

ދާއިމީ އެޑްރެސް:                                ދާއިމީ އެޑްރެސް:

އައިޑީ ކާޑު ނަންބަރު:                             އައިޑީ ކާޑު ނަންބަރު:

ފުރިހަމަ ނަން:                                 ވަލީވެރިޔާގެ ޙައިޘިއްޔަތު:

ދާއިމީ އެޑްރެސް:                                                 

އައިޑީ ކާޑު ނަންބަރު:                              

 

މިދެމީހުންގެ ކާވެނީގެ ވަނަ:                         ކާވެނިކޮށްދިން ތާރީޚް: ހ.

ކާވެނީގެ ރަން:                                               މ.

ކާވެނި ކުރިތަން:                                ކާވެނި ކުރި ވަގުތު:

 

(ސޮއި)

ނަން

މަޤާމް

--------

(ރަށް)

ދިވެހިރާއްޖެ

ޖަދުވަލު 2 –ވީޑިއޯ ކޮންފަރެންސްކޮށް ކައިވެނި ކުރުމުގެ އިޤްރާރު

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

              `

 

 

           

 

 

ވީޑިއޯ ކޮންފަރެންސްކޮށް ކައިވެނި ކުރުމުގެ އިޤްރާރު

 

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖްލިސް ބޭއްވުމަށް ކޯޓުންދޭ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށާއި،
ކައިވެނީގެ މަޖްލީހުގައި، ޢާއްމު އަދަބުތަކާ ޚިލާފު އެއްވެސް ކަމެއް ނުކުރުމަށާއި، ކައިވެނިވާ ފަރާތްތަކާއި އެކު އެމަޖްލީހަށް
ޙާޟިރުވާ އެހެން ފަރާތެއްގެ ކިބައިން ވެސް އެފަދަ ކަމަކަށް ފުރުސަތު ނުދިނުމަށާއި، ކުރިމަތިވެފައިވާ ޚާއްޞަ ޙާލަތު
ފިލައިދިއުމުން، މިކައިވެންޏާއި ގުޅިގެން ކޯޓުން އަންގާ އެއްގުންތައް ފުރިހަމަ ކުރުމަށްޓަކައި ކޯޓަށް ޙާޟިރުވުމަށާއި،
ސޮއިކުރަންޖެހޭ ލިޔެކިޔުންތަކުގައި ސޮއިކުރުމަށާއި، ފޮޓޯއާއި ރެވެނިއު ސްޓޭމްޕް ހުށަހެޅުމަށާއި، ކައިވެނީގެ ސެޓްފިކެޓާއި
ހަވާލުވުމަށާއި، މި ކައިވެންޏާއި ގުޅޭ އެނޫން ވެސް ކަންކަމުގައި ކޯޓުން އަންގާ ގޮތެއްގެ މަތިން ޢަމަލުކޮށް ކޯޓަށް ފުރިހަމަ
އެއްބާރުލުން ދޭންހުރިކަމުގައި އަހުރެން އިޤުރާރުވަމެވެ.

ތާރީޚް:_________________________

 

ކައިވެނިވާ ފިރިހެނާ:                                 ކައިވެނިވާ އަންހެނާ:                                   

ސޮއި:                                          ސޮއި:

ނަން:                                          ނަން:

އައ.ޑީ ކާޑު ނަންބަރު:                                އައ.ޑީ ކާޑު ނަންބަރު:

އިނގިލީގެ ނިޝާން:                                 އިނގިލީގެ ނިޝާން:

ވަލީވެރިޔާ:

ސޮއި:

ނަން:                                          އައި.ޑީ ކާޑު ނަންބަރު:

އިނގިލީގެ ނިޝާން:   

 

 ހެކިވެރިޔާ 1:                                   ހެކިވެރިޔާ 2:                                   

ސޮއި:                                          ސޮއި:

ނަން:                                          ނަން:

އައ.ޑީ ކާޑު ނަންބަރު:                                އައ.ޑީ ކާޑު ނަންބަރު:

އިނގިލީގެ ނިޝާން:                                 އިނގިލީގެ ނިޝާން:        

ޖަދުވަލު 3 – އޯޑިއޯ ކޮންފަރެންސް އަމުރު

`

 

 

ކޯޓުގެ ނަން

   (ރަށް)

ދިވެހިރާއްޖެ

                                

 

 

                                     ނަންބަރު:

 

އޯޑިއޯ ކޮންފަރެންސް އަމުރު

 

ކޮންފަރެންސްގައި ބައިވެރިވާންޖެހޭ މީހާގެ:

 

ފުރިހަމަ ނަން (ޢާންމުކޮށް ކިޔާ ނަމާއެކު):

ދާއިމީ އެޑްރެސް (އަތޮޅާ ރަށާއެކު):

މިހާރުއުޅޭ އެޑްރެސް (އަތޮޅާ ރަށާއެކު):

ކޮންފަރެންސްގައި ބައިވެރިވާންޖެހޭ ބޭނުން: ..... ހުށަހަޅާފައިވާ މައްސަލައިގައި އަޑުއެހުމަށް ބޭއްވޭ ކޮންފަރެންސްގައި ބައިވެރިވުމަށް

ޤަޟިއްޔާ ނަންބަރު: 000/Q10C/0000

ހުށަހެޅުނު ތާރީޚް:

ކޮންފަރެންސް ކުރުމަށް ބޭނުންކުރާ ވަޞީލަތް:

މަތީގައިވާ ބޭނުމަށް: 00 ..... 2020 ދުވަހުގެ 00:00 އަށް އޯޑިއޯ ކޮންފަރެންސް ގައި ބައިވެރިވުމަށް އަންގަމެވެ.

 

* މިއަމުރާގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ، ނަންބަރު …… ފޯނަށް ގުޅުއްވުން އެދެމެވެ.

25 K 1442

05  ޖުލައި  2021

                     މެޖިސްޓްރޭޓް

 

ޙަވާލުވި މީހާގެ:                                 ޙަވާލުކުރި މީހާގެ:                                   

ސޮއި: ...........................                        ސޮއި: ...........................

ނަން: ...........................                        ނަން: ...........................

                                      

ޙާޟިރުވާންޖެހޭ މީހާއާހުރި ގާތްކަން: ....................

ގަޑި: ...........................  

ތާރީޚް: ...........................

ޖަދުވަލު 4 – ވީޑިއޯ ކޮންފަރެންސް އަމުރު

`                           

 

 

(ކޯޓުގެ ނަން)

  (ރަށް)

ދިވެހިރާއްޖެ

                                

 

 

                                   ނަންބަރު:

 

ވީޑިއޯ ކޮންފަރެންސް އަމުރު

 

ކޮންފަރެންސްގައި ބައިވެރިވާންޖެހޭ މީހާގެ:

 

ފުރިހަމަ ނަން (ޢާންމުކޮށް ކިޔާ ނަމާއެކު):

ދާއިމީ އެޑްރެސް (އަތޮޅާ ރަށާއެކު):

މިހާރުއުޅޭ އެޑްރެސް (އަތޮޅާ ރަށާއެކު):

ކޮންފަރެންސްގައި ބައިވެރިވާންޖެހޭ ބޭނުން: ..... ހުށަހަޅާފައިވާ މައްސަލައިގައި އަޑުއެހުމަށް ބޭއްވޭ ކޮންފަރެންސްގައި ބައިވެރިވުމަށެވެ.

ޤަޟިއްޔާ ނަންބަރު: 000/Q10C/0000

މައްސަލަ ހުށަހެޅުނު ތާރީޚް:

ކޮންފަރެންސް ކުރުމަށް ބޭނުންކުރާ ވަޞީލަތް:

މަތީގައިވާ ބޭނުމަށް: 00 ..... 2020 ދުވަހުގެ 00:00 އަށް ވީޑިއޯ ކޮންފަރެންސް ގައި ބައިވެރިވުމަށް އަންގަމެވެ.

* މިއަމުރާގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ، ނަންބަރު …… ފޯނަށް ގުޅުއްވުން އެދެމެވެ.

25 K 1442

05  ޖުލައި  2021

                                                                މެޖިސްޓްރޭޓް                    

 

ޙަވާލުވި މީހާގެ:                                 ޙަވާލުކުރި މީހާގެ:                                   

ސޮއި: ...........................                        ސޮއި: ...........................

ނަން: ...........................                        ނަން: ...........................

                                      

ޙާޟިރުވާންޖެހޭ މީހާއާހުރި ގާތްކަން: ....................

ގަޑި: ...........................  

ތާރީޚް: ................ 

05 ޖުލައި 2021
ހޯދާ