މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކަސްޓަމުން މުދާ ކުލިއަރ ކޮށްގެން ގުދަނަށް ގެންގޮސްދޭނެ ފަރާތެއް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. ޓެކްސްޓް ފޮތާއި އަދި އެހެނިހެން މުދާ މާލެ ކަސްޓަމުންނާއި ހުޅުލޭ އެއަރ ކާގޯއިން ކުލިއަރ ކޮށްގެން މިމިނިސްޓްރީގެ ގުދަނަށް ގެނެސްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)22-PU/22/2021/90 އިޢުލާއި ގުޅިގެން ދީފައިވާ މަޢުލޫމާތު ފުރިހަމަ ނުވާތީ، ހުށަހަޅާފައިވާ ބީލަންތައް ބާތިލް ކުރުމަށްފަހު އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2021 ޖުލައި 05 ން 2021 ޖުލައި 10 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

  "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:https://forms.moe.gov.mv

4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖުލައި 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2021 ޖުލައި 13 ވަނަ ދުވަހުގެ 10:00 ގައިމިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް 3 ގައެވެ. 

6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ޕްރޮކިއުމަންޓް ސެކްޝަން

  މިނިސްޓްރީ އޮފް އެޑިޔުކޭޝަން

  ވެލާނާގެ، 8 ވަނަ ފަންގިފިލާ

  އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                            

  ފޯން:  9997721

  އީ-މެއިލް: [email protected]

  ކޮޕީ-މެއިލް: [email protected]

05 ޖުލައި 2021
ހޯދާ