އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު: 1

މަޤާމުގެ މަސްއޫލިއްޔަތު:

  • އޮފީހުން ފޮނުވަންޖެހޭ ސިޓީ ފަދަ ލިޔެކިއުންތައް، ކަނޑައެޅިފައިވާ ފަރާތްތަކަށް ހަވާލުކޮށްދިނުން.
  • އޮފީސް ސާފުތާހިރުކޮށް ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  • އޮފީސް ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބެލެހެއްޓުން.
  • މުވައްޒަފުންގެ ސައިގެ ކަންކަމުގައި އެހީތެރިވެދިނުން.
  • އޮފީހަށް ގަންނަންޖެހޭ ތަކެތި ގަތުމުގައި ޕްރޮކިއުމަންޓް މަސައްކަތްކުރާ މުވައްޒަފުންނަށް އެހީތެރިވެދިނުން.
  • އޮފީހުގައި ބާއްވާ އެކިއެކި މީޓިންގ/އިވެންޓްތަކަށް ތަން ތައްޔާރުކުރުމަށް އެހީތެރިވެދިނުމާއި ރިފްރެޝްމެންޓް ތައްޔާރުމާއި މީޓިންގ/އިވެންޓް ނިމުމުން ތަށިތައް ނަގައި ސާފުކުރުން.
  • އޮފީހުގެ މަސައްކަތާއި ގުޅިގެން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

 ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ:

  • ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން. ނުވަތަ،
  • ލިޔަންކިޔަން އެނގުމާއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  •  މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު އަދި ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.

މުސާރައާއި ޢިނާޔަތްތައް:

  • 10,000ރ އާއި 11,000ރ އާއި ދެމެދު.

މަސައްކަތްކުރަންޖެހޭ ގަޑި:

  • ހެނދުނު 08:00 އިން ހަވީރު 16:00 އަށް،

 މަގާމުގެ މަސައްކަތަށް ބެނުންވާ އެހެނިހެން ސިފަތައް:

  • ފަރުވާތެރިކަމާއި ސާފުތާހިރު ކަމާއެކު ކަންކަން ކުރަން އެނގުމާއި މީހުންނާ މުޢާމަލާތް ކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަ ހުރުން.
  • މަގާމުގައި އަދާ ކުރަންޖެހޭ މަސައްކަތާގުޅޭ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ
  • މަސައްކަތް ކުރަމުންދާ / ކުރިން މަސައްކަތްކުރި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ

އެޕްލިކޭޝަން ހުށަހަޅަންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 11 ޖުލައި 2021 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ބަލައިގަތުމަށް ކަނޑައެޅިފައިވާ ލިންކް:  https://sdfcmv.aidaform.com/job-application-form-office-assistant

ބޭނުންކުރައްވައިގެން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މި ލިންކް މެދުވެރިކޮށެވެ.

މި ވަޒީފާއާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 9:00 އާއި 14:00 އާ ދެމެދު 3026030 / 3026015 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

04 ޖުލައި 2021
ހޯދާ