ދިވެހިރާއްޖެ
ކްރިމިނަލް ކޯޓަށް އައި.ޓީ ހާޑްވެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 145P/2021/20 (16 ޖޫން 2021) އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގެ ކެޓަގަރީ 02 އަދި ކެޓަގަރީ 03 ގައިވާ ތަކެތި ސަޕްލައިކުރުމަށް ހުށަހަޅާފައިވަނީ މި ކޯޓުން މި މަސައްކަތްތަކައް އަންދާޒާކުރި އަގުތަކަށްވުރެ ބޮޑު އަގުތަކެއް ކަމަށްވާތީ، ކެޓަގަރީ 02 އަދި ކެޓަގަރީ 03 އަށް އަގު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ސުންގަޑިއަކީ 2021 ޖުލައި 11 ވަނަ ދުވަހުގެ 10:00 އެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 2021 ޖުލައި 11 ވަނަ ދުވަހުގެ 11:00 ގައި ކްރިމިނަލް ކޯޓުގައެވެ. ބީލަމާއިގުޅޭ މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ. މިއިޢުލާން މިކޯޓުގެ ވެބްސައިޓް www.criminalcourt.gov.mv ގައި ޝާއިޢުކުރެވިފައިވާނެއެވެ.