ސިވިލް ކޯޓު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުން

އިޢުލާން

 

  • ޕްރޮޖެޓް ނަންބަރު: PR-09-2021

 

ކުރަންޖެހޭ މަސައްކަތް:

 

މިކޯޓުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިކޯޓުގެ 03 ވަނަ ފުލޯގެ B3-CR2 ސެކްޝަންގެ ޤާޟީ ކޮޓަރިކޮޅު  މަރާމާތު  ކުރުމުގެ  މަސައްކަތް   ކުރުމަށް  ކުރެވުނު   މިކޯޓުގެ  ނަންބަރު:144-E/IU/2021/19  (22 ޖޫން 2021) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް އަގުބޮޑުކަމަށް ފެންނާތީ އެއިޢުލާނު ބާތިލްކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާނު ކުރަމެވެ.

ވީމާ މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ރަޖިސްޓްރީ ކުރެއްވުމަށާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 07 ޖުލައި 2021 ވާ ބުދަ ދުވަހުގެ 14:00 އަށް ޖަސްޓިސް ބިލްޑިންގ ގްރައުންޑް ފްލޯގައި ހުންނަ ސިވިލްކޯޓުގެ ކައުންޓަރަށް ވަޑައިގެންނެވުން އެދެމެވެ.

އަދި  14 ޖުލައި 2021 ވާ ބުދަ ދުވަހުގެ 14:00އަށް ޖަސްޓިސް ބިލްޑިންގ ގްރައުންޑް ފްލޯގައި ހުންނަ ސިވިލްކޯޓުގެ ކައުންޓަރަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

                  24 ޛުލްޤައިދާ 1442

                   04 ޖުލައި 2021

 

 

04 ޖުލައި 2021
ހޯދާ