ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކުރުމަށް ތަނުގެ އިންޓީރިއަރ (ފޭސް-2) މަސައްކަތްކޮށްދޭނެފަރާތެއް ހޯދުން
ނަންބަރު: TENDER/HMH/2021/022
ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކުރުމަށް ތަނުގެ އިންޓީރިއަރ (ފޭސް-2) މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މައުލޫމާތު ދިނުން ރެޖިސްޓްރޭޝަން: |
ބިޑުގައި ބައިވެރިވާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ބޭއްވޭ ޕްރީބިޑް ބައްދަލުވުން 7 ޖުލައި 2021 ވާ ހޯމަ ދުވަހުގެ 10:00ގައި ހޮސްޕިޓަލުގެ މީޓިންގް ރޫމުގައި އޮންނާނެއެވެ. ޕްރީބިޑް ބައްދަލުވުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ. |
އަންދާސީ ހިސާބު ހުށަހެޅުން: |
15 ޖުލައި 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ. |
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 14 ޖުލައި 2021 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:
ފޯން: 3350111 / 3350113
އީ-މެއިލް: [email protected]
4 ޖުލައި 2021