|
ވަޒީފާގެ ފުރުސަތު
|
|
މަޤާމް
|
ޑްރައިވަރ
|
|
ބޭނުންވާ ޢަދަދު:
|
- 4 (ހަތަރެއް) - ހިތަދޫ
- 5 (ފަހެއް) – ހުޅުދޫ އަދި މީދޫ
|
|
މަޤާމުގެ ގިންތި އާއި މުއްދަތު
|
ވަގުތީ (31 ޑިސެންބަރު 2021)
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
- ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޜަން
- ހުޅުދޫ އަދި މީދޫ މުނިސިޕަލް ސަރވިސް ޑިވިޜަން
|
|
މުސާރަ:
|
3700.00 ރުފިޔާ
|
|
އެލަވަންސް:
|
- ސްޕެޝަލް ޑިއުޓީ އެލަވެންސް: އަސާސީ މުސާރައިގެ %35
|
|
އެހެނިހެން އެލަވަންސް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މަސައްކަތުގައި ބޭނުންކުރާ ހެވީލޯޑް ވެހިކަލްތައް އޮޕަރޭޓްކުރުން.
- މަސައްކަތުގައި ބޭނުންކުރާ ވެހިކަލްތައް ދޮވެ ސާފުކޮށް ބެލެހެއްޓުން.
- މަސައްކަތުގައި ބޭނުންކުރާ ވެހިކަލްތައް ކަނޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތުގެ މަތިން ސަރވިސްކޮށް ބެލެހެއްޓުން.
- ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ސުޕަވަވައިޒަރުގެ ލަފާގެ މަތިން ކުރުން.
- ވެހިކަލްތަކަށް އަރުވަންޖެހޭ މުދާ އަރުވާ ބޭލުން.
- މަސައްކަތުގައި ބޭނުންކުރާ ފަރުވާތެރިކަމާއެކު ރަނގަޅަށް ބެލެހެއްޓުން.
- މަސައްކަތްކުރާ ވަގުތުގައި ތިމާ އަށާއި އެހެނިހެން މުވައްޒަފުންގެ ސަލާމަތަށް ބަލައިގެން އަދި އޮފީހުގެ މުދަލަށް ގެއްލުމެއް ނުވާ ގޮތުގެ މަތިން ސަމާލުވެ މަސައްކަތްކުރުން.
|
|
މަޤާމުގެ ޝަރުތުތައް:
|
ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު).
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމު %20
- ތަޖުރިބާ %35
- އިންޓަވިއު %40
- ތަމްރީނު %5
- ހެވީލޯޑް ވެހިކަލް އޮޕްރޭޓްކުރުމުގެ ލައިސަންސް ލިބިފައިވާ ނުވަތަ އެފަދަ ވެހިކަލްތައް އޮޕަރޭޓްކުރަން އެނގޭ އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަދަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މަރކްސްގެ ޖުމުލަ 35% (ތިރީސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖުލައި 08 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ([email protected]) މެދުވެރިކޮށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ޖުލައި 11 އާއި 2021 ޖުލައި 29 އާ ދެމެދުގައެވެ. އިންޓަރވިއު ބޭއްވޭނެ ތަނާއި ގަޑި ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
އިތުރު މަޢުލޫމާތު ހޯދުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރާނީ [email protected] އަށެވެ.
|
|
|