ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ |
ނަންބަރު: 223/1/2021/24(IUL) |
ތާރީޚް: 01 ޖުލައި 2021 |
މި ޓްރައިބިއުނަލަށް އޮފީސް ހިންގަމުންދާ ގ.މާގަހަ ތިންވަނަ ފަންގިފިލާގެ ބިއްލޫރި ޕަރޓިޝަން ތަކުގައާއި ފާޚާނާގެ ފެންލައިޓް ތަކުގެ ބިއްލޫރި ތަކުގައި ފްރޮސްޓް ސްޓިކަރ ޖަހައިދޭނެ ފަރާތެއް ބޭނުންވާތީ، މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
|
ތަން |
ތާރީޚާއި ގަޑި |
ބީލަން ހުށަހެޅުން |
ޓެކްސް އެޕީލް ޓްރައިބިއުނަލް (ގ.މާގަހަ، 3 ވަނަ ފަންގިފިލާ) |
13 ޖުލައި 2021، 10:00 ގައި |
މި ބީލަމާ ގުޅިގެން ސައިޓް ވިޒިޓް ބޭނުންވާ ފަރާތްތަކުން 2021 ޖުލައި 12 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ޓްރައިބިއުނަލަށް އެންގުމުން ރަސްމީ ގަޑިތަކުގައި އެ ފުރުސަތު ދެވޭނެއެވެ. އަދި މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާނަމަ، 12 ޖުލައި 2021 ގެ 13:00 ގެ ކުރިން މި ޓްރައިބިއުނަލްގެ [email protected] އީމެއިލަށް މެއިލްކުރެއްވުން އެދެމެވެ.
މި ބީލަމާގުޅިގެން ޓްރައިބިއުނަލަށް ވަޑައިގަންނަވާ ފަރާތްތަކުން ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާ އެއްގޮތްވާގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ
21 ޛުލްޤައިދާ 1442
01 ޖުލއި 2021