ދިވެހިރާއްޖެ
މާލެއަތޮޅު ކައުންސިލްތަކަށް އަލަށް އިންތިޚުބު ކުރެވުނު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން މަގާމަށް އަހުލުވެރި ކުރުވުމަށް އަތޮޅުގެ 9 ރަށުގައި ހިންގުމަށް ރޭވިފައިވާ ތަމްރީން ޕޮރްގްރާމްތައް ހިންގައިދިނުމަށް ފެސިލިޓޭޓަރެއް ހޯދަން ބޭނުންވެއެވެ.
ފެސިލިޓޭޓް ދޭ ފަރާތުގައި ހުންނަންޖެހޭ ޝަރުޠު
- ސާނަވީ ތަޢުލީމު ހާޞިލްކޮށްފައިވުމާއެކު މަސައްކަތުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ލާމަރުކަޒީ ދާއިރާގެ މަސައްކަތުގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ކަމާގުޅުންހުރި ދާއިރާތައް: ފައިނޭންސް، ބިޒުނަސް، އެކޮނޮމިކް، ސްޓެޓިސްޓިކް މޭނޭޖްމަންޓް، އާބަން ޕްލޭނިންގ، އެންވަޔަރމަންޓް ޕްލޭނިން، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް، ލާމަރުކަޒީ ދާއިރާ، ޝަރީޢާ އެންޑް ލޯ.
އެޕްލިކޭޝަން ހުށަހެޅުން
ކޮންސަލްޓަންޓް އަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯސަލްއާއި އެހެނިހެން ތަކެތި ހުށަހަޅާނީ 2021 ޖުލައި 11 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ކަމާގުޅޭ ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. މެއިލްކުރުމަށްފަހު މިއިދާރާއަށް ލިބުނުކަން ޔަގީންކުރަންވާނެއެވެ.
އެޕްލިކޭޝަންއާއި އެކު ހުށަހަޅުއްވަން ޖެހޭ ލިޔެކިޔުން
- ވަނަވަރު
- ތަޢުލީމީ ސެޓްފިކެޓްތައް
- މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނެ ރެފެރަންސް ލެޓަރތަކުގެ ކޮޕީ
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
- ޕްރޮޕޯސަލް (މަސައްކަތް ކުރާނެގޮތް ބަޔާންކޮށް ހުށަހަޅާ ކަރުދާސް)
މަސައްކަތުގެ އަގު:
މިކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ޚިދުމަތް ދެއްވާނޭ ދުވަހު މުސާރައެއް ހުށަހަޅުއްވަންވާނެއެވެ.
މަސައްކަތުގެ މުއްދަތު:
2021 ޖުލައި މަހުން ފެށިގެން
ފޯރުކޮށްދޭނެ ވަޞީލަތްތައް / ޚިދުމަތް
ކޮމްޕިއުޓަރ، ލެޕްޓޮޕް އަދި މަސައްކަތްކުރެވޭނެ މޭޒާއި ގޮނޑި އަދި ލިޔެކިއުމަށް ބޭނުންވާ ތަކެއްޗާއި، ފޯނާއި، އިންޓަނެޓް ފަދަ ވަސީލަތްތައް.
ދަތުރުފަތުރުގެ އިންތިޒާމް
މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުން
މިމަސައްކަތް ހަވާލުކުރެވޭނީ ހުށަހަޅާފައިވާ ލިޔެކިއުންތައް މިއިދާރާއިން އިވެލުއޭޓް ކުރުމަށްފަހުއެވެ. އިވެލުއޭޝަންގައި ބަލާނެ ކަންތައްތަކާއި ދިނުމަށް ކަނޑައެޅިފައިވާ މާރކްސް ތިރީގައި މިވަނީއެވެ.
- ތަޢުލީމީ ސެޓްފިކެޓްތައް %30
- މަސައްކަތު ތަޖުރިބާ %40
- ޕްރޮޕޯޝަލް (މަސައްކަތް ކުރާނެގޮތް ބަޔާންކޮށް ހުށަހަޅާ ކަރުދާސް)
- މަސައްކަތު އަގު: