ދިވެހިރާއްޖެ
a
ށ. އަތޮޅުމަދަރުސާ
ށ. ކަނޑިތީމު
އިޢުލާން
ނަމްބަރ: (IUL)GS34/2021/11
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި މަދަރުސާގެ އިޢުލާން ނަމްބަރު (IUL)GS34/2021/08 (28 އޭޕްރިލް 2021( އަށް ހުށަހެޅިފައިވާ އެސްޓިމޭޓްތަކާއެކު ހުށަހަޅަންޖެހޭ ބައެއް ލިޔުންތައް ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން ބިޑްހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަސައްކަތް
މަދަރުސާގެ ލައިބްރަރީއާއި ސައިންސް ލެބް މަރާމާތުކުރުން.
ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މަތީގައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ޙާޟިރުވެލައްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ބީލަމަށް ނަންނޯޓްކުރުމާއި، ބީލަންފޮތް ޙަވާލުކުރުން |
2021 ޖުލައި 04 އިން 2021 ޖުލައި 08 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 12:00އަށް. |
މަސައްކަތުގެ މަޢުލޫމާތާއި ސައިޓް ޗެކްކުރުން. |
2021 ޖުލައި 08 ވާ ބުރާސްފަތި ދުވަހާ ހަމަޔަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 12:00 އަށް. |
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން |
2021 ޖުލައި 12 ވާ ހޯމަ ދުވަހުގެ 11:00 ގައި ށ.އަތޮޅު މަދަރުސާގައި. |
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ، (19/2014) ، (10/96) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " މަދަރުސާގެ ލައިބްރަރީއާއި ސައިންސް ލެބް މަރާމާތުކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ށ.އަތޮޅު މަދަރުސާ
ށ.ކަނޑިތީމު
ފޯން: .6540059
އީ-މެއިލް: [email protected]
އަދި ދަންނަވެމެވެ. މި ޕްރޮޖެކްޓްގެ ބީލަމަށް ނަންނޯޓ ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ނަންނޯޓް ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
21 ޒުލްޤައިދާ 1442
01 ޖުލައި 2021