ދިވެހިރާއްޖެ
މާލެއަތޮޅާއި، މާލެއަތޮޅު 9 ރަށުގެ ކުރިއަށްއޮތް ފަސް އަހަރަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަދި އެކަމަށް ތައްޔާރު ކުރަންޖެހޭ ޕްލޭން ތައްޔާރު ކުރުމަށްޓަކައި ކޮންސަލްޓެންސީދޭނެ 2 ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ފައިނޭންޝަލް ދާއިރާއިން 1 ކޮންސަލްޓެންޓް
- ލާމަރުކަޒީ ޤާނޫނަށް އަހުލުވެރި ތަޖުރިބާހުރި 1 ކޮންސަލްޓަންޓް
ކޮންސަލްޓެންސީ ދޭ ފަރާތުގައި ހުންނަންޖެހޭ ޝަރުޠު
- ސާނަވީ ތަޢުލީމު ހާސިލްކޮށްފައިވުމާއެކު މަސައްކަތުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ލާމަރުކަޒީ ދާއިރާގެ މަސައްކަތުގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ކަމާގުޅުންހުރި ދާއިރާތައް: ފައިނޭންސް، ބިޒުނަސް، އެކޮނޮމިކް، ސްޓެޓިސްޓިކް މޭނޭޖްމަންޓް، އާބަން ޕްލޭނިންގ، އެންވަޔަރމަންޓް ޕްލޭނިން، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް، ލާމަރުކަޒީދާއިރާ، ޝަރީއާ އެންޑް ލޯ
އެޕްލިކޭޝަން ހުށަހެޅުން
ކޮންސަލްޓަންޓް އަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯސަލްއާއި އެހެނިހެން ތަކެތި ހުށަހަޅާނީ 2021 ޖުލައި 11 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ކަމާގުޅޭ ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. މެއިލްކުރުމަށްފަހު މިއިދާރާއަށް ލިބުނުކަން ޔަގީންކުރަންވާނެއެވެ.
އެޕްލިކޭޝަންއާއި އެކު ހުށަހަޅުއްވަން ޖެހޭ ލިޔެކިޔުން
- ވަނަވަރު
- ތަޢުލީމީ ސެޓްފިކެޓްތައް
- މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނެ ރެފެރަންސް ލެޓަރތަކުގެ ކޮޕީ
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
- ޕްރޮޕޯސަލް (މަސައްކަތް ކުރާނެގޮތް ބަޔާންކޮށް ހުށަހަޅާ ކަރުދާސް)
މަސައްކަތުގެ އަގު:
މިކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ޚިދުމަތް ދެއްވާނޭ ޖުމްލަ އަގެއް ނުވަތަ ދުވަހު މުސާރައެއް ހުށަހަޅުއްވަންވާނެއެވެ.
މަސައްކަތުގެ މުއްދަތު:
2021 ޖުލައި މަހުން ފެށިގެން
ފޯރުކޮށްދޭނެ ވަޞީލަތްތައް / ޚިދުމަތް
ކޮމްޕިއުޓަރ، ލެޕްޓޮޕް އަދި މަސައްކަތްކުރެވޭނެ މޭޒާއި ގޮނޑި އަދި ލިޔެކިއުމަށް ބޭނުންވާ ތަކެއްޗާއި، ފޯނާއި، އިންޓަނެޓް ފަދަ ވަސީލަތްތައް.
ދަތުރުފަތުރުގެ އިންތިޒާމް
މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުން
މިމަސައްކަތް ހަވާލުކުރެވޭނީ ހުށަހަޅާފައިވާ ލިޔެކިއުންތައް މިއިދާރާއިން އިވެލުއޭޓްކުރުމަށްފަހުއެވެ. އިވެލުއޭޝަންގައި ބަލާނެ ކަންތައްތަކާއި ދިނުމަށް ކަނޑައެޅިފައިވާ މާރކްސް ތިރީގައި މިވަނީއެވެ.
- ތަޢުލީމީ ސެޓްފިކެޓްތައް %30
- މަސައްކަތު ތަޖުރިބާ %40
- ޕްރޮޕޯސަލް (މަސައްކަތް ކުރާނެގޮތް ބަޔާންކޮށް ހުށަހަޅާ ކަރުދާސް)
- މަސައްކަތު އަގު: