ދިވެހިރާއްޖެ
ގައުކޮށްޓާއި އިންވެގެން އުތުރުން 1200 އަކަފޫޓްގެ ބިމެއް ގައު އެޅުމުގެ މަސައްކަތް ކުރުމަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާމިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ޖުލައި 2021 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކާއި އަދި ކުންފުންޏާއިބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށެވެ.
ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ދެންނެވި ފޯމް އަދި ބިޑްގެ މަޢުލޫމާތު ކަރުދާސް ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. ބިޑްގައި ރަޖިސްޓްރީވާން ބޭނުންފުޅުވާ ފަރާތްތަކުން 12 ޖުލައި 2021 ވާ ހޯމަދުވަހުގެ 10:00 ގެ ކުރިން މި އިދާރާއަށް ވަޑައިގަންނަވާ ބިޑްގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި ބިޑްގައި ރަޖިސްޓްރީކުރެއްވުމަށް މިއިދާރާއަށް ވަޑައިނުގެންނެވޭ ފަރާތްތަކުން ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރަށް (6660536) ގުޅުއްވުމުން ނުވަތަ މިއިދާރާއަށް އީމެއިލް ([email protected]) ކުރެއްވެވުމުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ވާހަކަ ދެންނެވީމެވެ.
މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން 12 ޖުލައި 2021 ވާ ހޯމަ ދުވަހު 13:00 ގައި މިއިދާރާގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.
ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.