ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ނަޑެއްލާގައި ކުޑަކުދިންގެ ޕާރކެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން:

 ގދ. ނަޑެއްލާގައި ކުޑަކުދިންގެ ޕާރކެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން:

 މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓުސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި މި ކައުންސިލާއި ގުޅިގެން މި ރަށުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާރކް އަމިއްލަތަކެތީގައާއި މި އިދާރާއިން ޙަވާލުކުރާ ތަކެތީގައި ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)418-AS/418/2021/38 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މަޝްރޫޢާއިބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން މި އިދާރާއަށް އަންގަވަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ގދ. ނަޑެއްލާގައި ކުޑަކުދިންގެ ޕާރކެއް ތަރައްޤީ ކޮށްދިނުމަށް އެދި" މިގޮތަށް ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކޮށްދިނުން:    

06 ޖުލައި 2021

އަންގާރަ

13:00

އަންދާސީ ހިސާބު ބަލައިގަތުން:

13 ޖުލައި 2021

އަންގާރަ

13:00

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޖުލައި 2021
ހޯދާ