މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންގައި ބޭނުންކުރާ ޔުނީފޯރމުތައް ފަހައިދޭނެ ފަރާތެއް ހޯދުމަށްކުރި (IUL)94-Q/1/2021/17 ނަންބަރު އިޢުލާނާއި ގުޅިގެން ބިޑު ހުށައެޅުމަށް ޙާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ މިދެންނެވި އިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
ޕްރޮޖެކްޓް ނަންބަރު: PC-942021W-08
އަންދާސީ ހިސާބު ބޭނުންވެއްޖެ
- މޯލްޑިވްސް އިމިގްރޭޝަންގައި ބޭނުންކުރާ ޔުނީފޯރމުތައް ފަހައިދޭނެ ފަރާތެއް ހޯދުމަށްކުރި (IUL)94-Q/1/2021/17 ނަންބަރު އިޢުލާނާއި ގުޅިގެން ބިޑު ހުށައެޅުމަށް ޙާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ މިދެންނެވި އިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
- މިމަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 07 ޖުލައި 2021 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވެ، މިމަސައްކަތަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
- ބީލަން ހުށައެޅުން އޮންނާނީ 15 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހުގެ އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް (ހުރަވީ ބިލްޑިންގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އީމެއިލް އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް،
މޯލްޑިވްސް އިމިގްރޭޝަން،
ހުރަވީ ބިލްޑިންގް، 2 ވަނަ ފަންގިފިލާ،
އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން : +960 3330436, +960 3330465
އީމެއިލް : [email protected]
ކޮޕީ : [email protected]
30 ޖޫން 2021
ހޯދާ