ދިވެހިރާއްޖެ
އިޢުލާން
ހއ. ކެލާގައި ޤާއިމުކުރެވިފައިވާ ކުނި މެނޭޖުކުރާ މަރުކަޒު ހިމެނޭ ބިމުގައި ވެހިކަލް ގަރާޖަކާއި ކުޑަ އޮފީހެއް ފާހާނާ ހިމެނޭ ގޮތަށް އިމާރާތް ކުރުމާއިގުޅޭ
ހއ. ކެލާގައި ޤާއިމުކުރެވިފައިވާ ކުނި މެނޭޖުކުރާ މަރުކަޒު ހިމެނޭ ބިމުގައި ވެހިކަލް ގަރާޖަކާއި ކުޑަ އޮފީހެއް ފާހާނާ ހިމެނޭ ގޮތައް ކުރެވޭ އިމާރާތް، ކެލާ ކައުންސިލް އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތްކުރުމަށް މިއިދާރާއިން ކުރި ނަންބަރ (IUL)249/249/2020/67 އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަގެއް ހުށަހެޅިފައިނުވާތީ މި އިޢުލާން ވަނީ ބާޠިލްކުރެވިފައެވެ.
ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން |
08 ޖުލައި 2021 |
ބުރާސްފަތި |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
15 ޖުލައި 2021 |
ބުރާސްފަތި |
13:00 |
މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި ،ޕާޓްނަރޝިޕް ،ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖޫން 2021 އިން 07 ޖުލައި 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 14:00 އަށް މިއިދާރާގެ ކައުންޓަރަށް ވަޑައިގަތުމުން ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
މި މަސައްކަތުގެ މައުލޫމާތު ކަރުދާސް 30 ޖޫން 2021 ވަނަ ދުވަހުން ފެށިގެން ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ.