މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ އެއް ކޮޓަރިއާއި ގުދަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

               މި އިދާރާގެ 1 ކޮޓަރި އާއި ގުދަން މަރާމާތުކުރަން ބޭނުންވެގެން 30 މެއި 2021 ގައި ކުރެވުނު އިއުލާނު ނަމްބަރު: (IUL)293/293/2021/16 އާގުޅިގެން 3 ފަރާތުން ބިޑުހުށަހެޅުމަށް ހާޒިރުވެފައި ނުވާތީ އެ އިއުލާނު ބާތިލުކޮށް  އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ މި މަސައްކަތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކުރައްވައި ކަނޑައެޅިފައިވާ ގަޑީގައި ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކުރައްވާ ފަރާތްތަކަށް މި އިދާރާއަށް ދުރުވުމުން ނުވަތަ އީމެއިލްގެ ޒަރީއާއިން މަސައްކަތުގެ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ކަނޑައެޅިފައިވާ ގަޑީގެ ކުރިން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކޮށްފައިވާ އަދި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

ތާރީޚް

ވަގުތު

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

2021 ޖޫން 30 ން ޖުލައި 6 އަށް

(ބަންދު ނޫން ކޮންމެ ދުވަހަކު)

8:00 އިން 14:00

އަންދާސީ ހިސާބު ހުށަހެޅުން

13 ޖުލައި 2021

10:30

30 ޖޫން 2021
ހޯދާ