ދިވެހިރާއްޖެ
މިއޮފީހަށް ބޭނުންވާ ލާންޗު (ހަލް) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2021/40 (08 ޖޫން 2021( އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ ޢިޢުލާން ބާތިލްކޮށް އަލުން މިތަކެތި ހޯދުމަށް އިޢުލާންކުރަމެވެ.
ވީމާ، މިއިޢުލާނާއި އެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މި ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 15 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް ކަސްޓަމްސް ހެޑް އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް މިއޮފީހުގެ އީމެއިލްއަށް ([email protected]) 06 ޖުލައި 2021 ވާ އަންގާރަ ދުވަހުގެ 11:30 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރި ވެވޭނީ، ކަނޑައެޅިފައިވާ މުއްދަތުގައި އީމެއިލް ފޮނުވާ ފަރާތްތަކަށް ނުވަތަ މަޢުލޫމާތު ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުން އޮންނާނީ 06 ޖުލައި 2021 ވާ އަންގާރަ ދުވަހުގައި 11:30 ކަސްޓަމްސް ހެޑްއޮފީހުގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113/ 9688869 ފޯނަށް ގުޅުއްވުން އެދެމެވެ.