ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު
އެކްޓިވިޓީ ޔުނީފޯރމު ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުން:
މި ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ، އެކްޓިވިޓީ ޔުނީފޯރމު ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ، ކުރެވުނު ނަމްބަރ GS132/2021/05 ( 20 މެއި 2021 ) އިޢުލާނަށް އެއްވެސް ފަރާތަކުން ނަންނޯޓް ކޮށްފައިނުވާތީ ، އެ އިޢުލާން ބާޠިލުކޮށް ، ކުރެވުނު ނަމްބަރ GS132/2021/07 ( 01 ޖޫން 2021 ) އިޢުލާނަށް ކުރިމަތިލީ ފަރާތްތަކުން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގައި މައްސަލަ ހުރިކަން ފާހަގަކޮށް ، އެއިޢުލާން ބާޠިލުކޮށް ، އަލުން އިޢުލާން ކުރަމެވެ. ވީމާ ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލައި ، ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި ބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫން ނަމްބަރ: 2014/18 ) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން ( ޤާނޫން ނަމްބަރ: 2014/19 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 30 ޖޫން 2021 ން 04 ޖުލައި 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް ފޯން 6600315 ނަންބަރަށް ގުޅައިގެން ނުވަތަ ތިރީގައިވާ މެއިލް އެޑްރެސްއަށް މެއިލްކޮށްގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މި ޕްރޮޖެކްޓާގުޅޭ އެއްވެސް ސުވާލެއްވާނަމަ، 04 ޖުލައި 2021 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ (ނަމްބަރު 7) އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މި ޕްރޮޖެކްޓާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 05 ޖުލައި 2021 ވާ ހޯމަދުވަހުގެ 13.00 ގައި ، ކެންދޫ ސްކޫލްގައެވެ.
- ބީލަން ހުޅުވުން އޮންނާނީ ، 11 ޖުލައި 2021 ވާ އާދިއްތަ ދުވަހުގެ 13.00 ގައި، ކެންދޫ ސްކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ކެންދޫ ސްކޫލުން ލިބެން ހުންނާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
- ކެންދޫ ސްކޫލް، ބ. ކެންދޫ / ދިވެހިރާއްޖެ
- ފޯން: 6600315
- އީމެއިލް: [email protected]
20 ޛުލްޤަޢިދާ 1442 ހ
30 ޖޫން 2021 މ