މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުއުޅަނދު ރޯޑްވާދިނަސް ހާދާ ގަރާޖު ރަޖިސްޓްރީ ކުރުމާއި ގުޅޭ

އިޢުލާން

 

އެއްގަމުއުޅަނދު ރޯޑްވާދިނަސް ހާދާ ގަރާޖު ރަޖިސްޓްރީ ކުރުމާއި ގުޅޭ

 

ރޯޑްވާދިނަސް ސެންޓަރުތައް ރަޖިސްޓްރީކޮށްގެން ހިންގުން މޯލްޑިވްސް ޓްރާންޕޯޓް އޮތޯރިޓީގެ ނަންބަރު: 202-A/CIR/2021/1 ސަރކިއުލަރ އިން (2021 ޖޫން 14)ވަނަ ދުވަހުން ފެށިގެން އެޒޯނެއްގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދު ތަކުގެ ރޯޑްވާދިނަސް ހެދުމުގެ ހުއްދަ ގަރާޖްތަކަށް ދޫކުރުމަށް ކައުންސިލްތަކަށް ދީފައިވާތީ، މިފުރުސަތު އަލިފުށީގެ ގަރާޖްތަކަށް ހުޅުވާލަމެވެ.

ވީމާ، ރޯޑުވާދިނަސް ހެއްދުމަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ގަރާޖުތަކުން 2021 ޖުލައި 10ވަނަ ދުވަހުގެ 12:00ގެ ކުރިން މިލިންކުގައިވާ ފޯމް https://forms.gle/mGeTMFnKTbuuEtLG8 ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކާއި، މިއިދާރާއާއި ދެމެދު ވެވޭ އެއްބަސްވުމަކާއި އެއްގޮތަށް، އެހުއްދަ ދޫކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށްއަންގާ އިޢުލާނު ކުރީމެވެ.

            19  ޛުލްޤައިދާ  1442

            29    ޖޫން   2021

29 ޖޫން 2021
ހޯދާ