ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ |
ނަންބަރު: 223/1/2021/22(IUL) |
ތާރީޚް: 29 ޖޫން 2021 |
މި ޓްރައިބިއުނަލްގެ އައު އޮފީހުގައި ތިރީގައި މިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- ދެވަނަ ފަންގިފިލާގައި ޕާރޓްޝަން ޖެހުމާއި ދޮރާއި ދޮރުފަތްތައް ހަރުކުރުން
- ރިސެޕްޝަނާއި ރިސެޕްޝަންގެ ބެކްޑްރޮޕް ހެދުން
- ހިއަރިންގ ރޫމުގެ ކޮށިގަނޑުތަކާއި، ބެންޗާއި، ބެކްޑްރޮޕް ހެދުމާއި ކާޕެޓް އެޅުން.
މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
|
ތަން |
ތާރީޚާއި ގަޑި |
ބީލަން ހުށަހެޅުން |
ޓެކްސް އެޕީލް ޓްރައިބިއުނަލް (ގ.މާގަހަ، 3 ވަނަ ފަންގިފިލާ) |
12 ޖުލައި 2021، 10:00 ގައި |
މި ބީލަމާ ގުޅިގެން ޕާރޓިޝަންތަކުގެ މިންތައް ނެގުމަށާއި، ސައިޓް ވިޒިޓަށް ވަޑައިގަތުމަށް 2021 ޖުލައި 08 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ޓްރައިބިއުނަލަށް އެންގުމުން ރަސްމީ ގަޑިތަކުގައި އެ ފުރުސަތު ދެވޭނެއެވެ. އަދި މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާނަމަ، 11 ޖުލައި 2021 ގެ 13:00 ގެ ކުރިން މި ޓްރައިބިއުނަލްގެ [email protected] އީމެއިލަށް މެއިލްކުރެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާ އެއްގޮތްވާގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ
19 ޛުލްޤައިދާ 1442
29 ޖޫން 2021