ދިވެހިރާއްޖެ
ނަންބަރު:A/IUL/344/2021/17
އިޢުލާން
2021 – 2022 ވަނަ އަހަރު އއ.ފެރިދޫ ޕްރީސްކޫލަށް ކުދިން ވެއްދުމާއި ގުޅޭ:
2021 – 2022 ވަނަ އަހަރު ފެށޭ ދިރާސީ އަހަރަށް އއ.ފެރިދޫ ޕްރީސްކޫލްގެ ނާސަރީއަށް ކުދިން ވެއްދުމަށް ހަމަޖެހިފައިވަނީ 1 އޮގަސްޓް 2021 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ދަރިވަރުން އަދި ބޭބީ ނާސަރީއަށް 2 އަހަރުފުރި 3 އަހަރު ނުފުރޭ ދަރިވަރުންނެވެ. ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިންވެއްދުމަށް އެދޭ ބެލެނިވެރިންނަށް އެކަމުގެ ފުރުޞަތު ހުޅުވިފައިވާ ވާހަކަ ދެންނެވީމެވެ. 30 ޖޫން 2021 އިން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 12:00 އަށް ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް އއ.ފެރިދޫ ކައުންސިލް އިދާރާއިން ދޫކުރަމުން ގެންދާނެއެވެ.
ވީމާ، ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމަށް އެދޭ ބެލެނިވެރިން ފޯމް ފުރުއްވަވާ ތިރީގައިވާ ލިޔުންތަކާއެކު 15 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ.
ފޯމާއެކު ހުށަހަޅުއްވަންޖެހޭ ތަކެތި
* ކުއްޖާގެ އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ އަދި އުފަންދުވަހުގެ ސެޓްފިކެޓްގެ ފޮޓޯކޮޕީ
* ބެލެނިވެރިޔާގެ އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ
* ވެކްސިން ކާޑުގެ ފޮޓޯކޮޕީ
* ޞިއްހީގޮތުން އުނިކަމެއް ލިބިފައިވާ ކުއްޖެއްނަމަ އެކަމުގެ މަޢުލޫމާތު ބަޔާންކޮށް ބެލެނިވެރިޔާގެ ސިޓީ
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ޛުލްޤައިދާ 1442