މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ކައުންސިލްގެ ބައެއް މަރާމާތު އަދި ބައެއް ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމާގުޅޭ

އަތޮޅު ކައުންސިލްގެ ބައެއް މަރާމާތު އަދި ބައެއް ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމާގުޅޭ

ސުރުޙީގައި ދެންނެވިފައިވާ މިއިދާރާގެ ބައެއް މަރާމާތުތަކާއި އަދި ބައެއް ތަންތަން މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)229-IED/229/2021/2 ( 15 ޖޫން 2021 ) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފްކުރެއްވި އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ދެންނެވިފައިވާ މަސައްކަތް އަދި ތަކެތި މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 04 ޖުލައި 2021 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާ އަށެވެ. އަދި ޕުރޮޕޯސަލް ހުށަހެޅުން އޮންނާނީވެސް ރ. އަތޮޅު ކައުންސިލް އިދާރާގައި 08 ޖުލައި 2021 ވާ ބުރާސްފަތި ދުވަހު 13:00 ގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އެއްވެސް ސަބަބަކާހުރެ މިމަސައްކަތުގެ މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގެންނެވެން ނެތް ޙާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ނުވަތަ ކޮންނަމެއްގައިވާ ވިޔަފާރިއަކުންކަން އެނގޭނެ ކުންފުނީގެ، ވިޔަފާރީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިމަސައްކަތްތަށް އެދި ކުރިމަތިލައްވާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް އެއް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ ޕުރޮޕޯސަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ރ. އަތޮޅު ކައުންސިލް އިދާރާގެ ބައެއް މަރާމާތުތައް އަދި ބައެއް ތަކެތި ހޯދުން " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕުރޮޕޯސަލް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580027  ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

19 ޛުލްޤައިދާ 1442

29 ޖޫން 2021
ހޯދާ