| 
 މަޤާމް 
 | 
 ހާބަރ އޮފިސަރ 
 | 
| 
 ބޭނުންވާ ޢަދަދު 
 | 
 3 (ތިނެއް) 
 | 
| 
 މަޤާމުގެ ގިންތި 
 | 
 ކޮންޓްރެކްޓް (1 އަހަރަށް) 
 | 
| 
 ޖިންސް 
 | 
 ފިރިހެން 
 | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން 
 | 
 ރ. މަޑުއްވަރީ ކައުންސިލްގެ އިދާރާ 
 | 
| 
 މުސާރަ 
 | 
 3100.00 ރުފިޔާ 
 | 
| 
 ސަރވިސް އެލެވަންސް 
 | 
 1000.00 ރުފިޔާ 
 | 
| 
 އިތުރު އިނާޔަތްތައް 
 | 
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
 
- ރޯދަމަހު ރޯދަ އިނާޔަތުގެ ގޮތުގައި 3000.00 ރުފިޔާ ލިބޭނެއެވެ.
 
  | 
| 
 މަސައްކަތްކުރަންޖެހޭ ވަގުތު 
 | 
 ދަންފަޅި އުސޫލުން ދުވާލަކު 8 ގަޑިއިރު (ހަފްތާއަކު 6 ދުވަހު) 
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް 
 | 
- ބަނދަރުގައި އުޅަނދުފަހަރު އަޅާނާޅާގޮތް ބަލާ އުޅަނދުފަހަރު ތަރުތީބުކުރުން.
 
- އުޅަނދުފަހަރު އެޅުމަށް ޙާއްޞަކުރެވިފައި ސަރަހައްދުތައް ފިޔަވާ އެހެން ސަރަހައްދުތަކުގައި އުޅަނދުފަހަރު އެޅުން ހުއްޓުވުން.
 
- އަރާފޭބުމަށް ޙާއްޞަކުރެވިފައި ސަރަހައްދުތަކާއި މުދާ އަރުވާ ބޭލުމަށް ޙާއްޞަކުރެވިފައި ސަރަހައްދުތައް ބެލެހެއްޓުން.
 
- ބަނދަރަށް އަރުވާ ބާލާ ތަކެތި ބަނދަރުގައި ބެހެއްޓުމާއި ނެގުމުގެ ކަންކަން ބެލެހެއްޓުން.
 
- ބަނދަރަށް މުދާ އަރުވާ ބޭލުމުގައި ބަނދަރަށް އެޅޭ ކުނި އެއުޅަނދަކުން ސާފުކުރުވުން.
 
- ނެރުބައްތި އަދި ބަނދަރު ބައްތިތަކުގެ ތެރެއިން މައްސަލައެއް ޖެހިއްޖެނަމަ ވަގުތުން ޔުނިޓްގެ ވެރިޔާއަށް އަންގާ އެކަން ހައްލުކުރުމަށް މަސައްކަތްކުރުން.
 
- އާއްމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ރަށް މޮނިޓަރިންގެ ހާލަތުގައި އޮންނަ ދުވަސްވަރާއި އެނޫން ޙާލަތްތަކާއި ގުޅިގެންވެސް ރަށަށް އަރާ ފައިބާ މީހުންނަކީ ކައުންސިލުން ދަތުރުކުރުމުގެ ހުއްދަ ލިބިގެން ދަތުރުކުރާ މީހުންތޯ ބެލުމަށް އަންގާ ޙާލަތްތަކުގައި އެމަސައްކަތް ކުރުން.
 
- ފަޅުތެރެއަށް ކުނި އެޅުން ހުއްޓުވުމާއި، ފަޅުތެރޭގައި ހުންނަ ކުނިބުނި ސާފުކުރުމުގެ އިންތިޒާމް ހަމަޖައްސާ އެކަން ކުރުން.
 
- ބަނދަރު ސަރަހައްދުގައި ކައުންސިލުން ބަހައްޓާ ޑަސްބިންތައް ބެލެހެއްޓުމާއި އަދި ޑަސްބިންތައް ފުރުމުން ކުނިގޮނޑަށް ގެންދިއުމުގެ އެންމެހާ ކަންތައް އިންތިޒާމްކޮށް ބެލެހެއްޓުން.
 
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
 
- ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން
 
- ކައުންސިލަށް ދިމާވާ ކުއްލި ޙާލަތްތަކުގައި، އަދި އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ ޙަރަކާތްތަކާއި އެންމެން ޝާމިލްވާންޖެހޭ ކަންތައްތަކުގައި ފުރިހަމައަށް ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން
 
  | 
| 
 މަޤާމުގެ ޝަރުތުތައް 
 | 
- ލިޔަންކިޔަން އެނގުން
 
- ފިރިހެނެއް ކަމުގައިވުން
 
 
(ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.) 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ރ. މަޑުއްވަރީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 
- މީގެ ކުރިން މިފަދަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އަދާކުރި ވަޒީފާއާ މުއްދަތު އެނގޭނެހެން ވަޒީފާ އަދާކުރި އޮފީހުން/ފަރާތުން ދޫކޮށްފައިވާ ލިޔުން
 
- ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުން
 
  | 
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި 
 | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ޖުލައި 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. (ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ގަޑި ޖެހުމުގެ ކުރިން ލިބުނުތޯ ޗެކްކޮށް ބެލުމަކީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.) 
 | 
| 
 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު 
 | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 07 ޖުލައި 2021 އާއި 15 ޖުލައި 2021 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ގަޑިއާއި ތާރީޚް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން އަންގާނެއެވެ. ވީމާ، މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވެވޭގޮތަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. 
 | 
| 
 އިތުރު މަޢުލޫމާތު ހޯދުން 
 | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580025 ނަންބަރު ފޯނާއެވެ. 
 | 
| 
 24 ޖޫން 2021 
 |